ވ. ތިނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.
ވ. ތިނަދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ބަލާނަމަ ކުޑަ އާބާދިއެއް އޮތް ރަށެއްކަމުގައި ވީނަމަވެސް، މި ރަށަކީ މިއަދު މުޅި ވ.އަތޮޅުގައިވެސް ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ރަށެވެ.
ފަތުރުވެރިން އަންނަ އެންމެ ބާރުބޮޑު ސީސަންތަކުގައި ތިނަދޫގެ އާބާދީއަށްވުރެ ފަތުރުވެރިންގެ އާބާދީ އިތުރުކަމަށް ތަފާސްހިސާބުތަކުން ދަށްކާފައި އެބަހުއްޓެވެ. އެގޮތުން ރަށުގައި ރަޖިސްޓަރކޮށްގެން ހިންގާ 9 ގެސްޓްހައުސް ހުރިއިރު، މުޅިއެކު 300އާއި 250 ދެމެދުގެ އަދަދެއް ގާތްކުރާވަރަށް އެނދު މިހާރު ހުންނާނެކަމަށް ރަށު ކައުންސިލުން ލަފާކުރެއެވެ. މީގެއިތުރުން، ފަރުމަސްވެރިކަމަކީވެސް އެ ރަށު ރައްޔިތުން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މަސައްކަތެކެވެ.
މިއަދު ސޮއެކުރެވިގެންދިޔަ މަޝްރޫޢުއާއިއެކު، ވ. ތިނަދޫއަށް ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް މުސްތަޤުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމުގައި އެމްޓީސީސީން ދެކެއެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ބަނދަރު ތަރައްޤީވުމުން މުސްތަޤުބަލުގައި ވ. ތިނަދޫ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 800,12 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 482 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 66.249 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 16 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 11.847,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 291 މީޓަރުގެ ސަރަޙައްދެއްގައި ކަރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 57.40 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު