އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހުން ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުން ބަދަލުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ވަކާލާތުކުރާ ޕީޖީ އޮފީހުގެ ވަކީލުންނަށް ބަދަލުތަކެއް ގެނެސްފައިވާކަން އެންމެ ބޮޑަށް ހާމަވީ ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ދައުވާއާ ގުޅޭ އަޑުއެހުމުގައެވެ. މިގޮތުން މީގެކުރިން ޕީޖީގެ ފަރާތުން އެމައްސަލަ ތަކުގައި މަސައްކަތްކުރާ ވަކީލުންގެ ބަދަލުގައި މިއަދު ކޯޓަށް ހާޒިރުވީ މުޅިން އައު މޫނުތަކެކެވެ.
ނަން ހާމަނުކޮށް މީޑިއާތަކަށް މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނާގޮތުން އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ހިމެނޭ ޕީޖީގެ ވަކީލުން އެހެން ޔުނިޓަކަށް ބަދަލުކޮށްފައިވަނީ، މަހްލޫފްގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީން ނިންމި ނިންމުމާއި ގުޅިގެން ވަކީލުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުމާއި ގުޅިގެންނެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން މިއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްކަން ހާމަކޮށްފައެެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި މީގެކުރިން ކޯޓަށް ހާޒިރުވި ވަކީލުންނަކީ އާއްމުންނަށް ވަރަށް ފަރިތަ މޫނުތަކެއް ނަމަވެސް، މިއަދު ބޭއްވި އަޑުއެހުމަށް ޕީޖީގެ ފަރާތުން ދިޔައީ މީގެކުރިން ނުފެންނަ ވަކީލުންތަކެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޓީމު އެއްކޮށް ބަދަލު ނުކުރާ ކަމަށެވެ. ނަމަވެސް ކުޑަ ބަދަލެއް ގެނެސްފައިވާކަމަށާއި އެއީ ވަރަށް އާންމު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން، އެ މައްސަލަ ސާބިތުވާނެކަމަށް ނުފެންނާތީކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މަހްލޫފްގެ މައްސަލަ އަނބުރާ ގެންދިއުމުން ގިނަ ބަޔަކު ޕީޖީއަށް ފާޑު ކިޔަމުންކަން އަންނަކަން ފާހަގަކޮށްލެއެވެ.

ކިޔުންތެރިންގެ ހިޔާލު