ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް ޤާއިމު ކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ސީ.އެމް.ޕީ.އެލް) އާއި ހަވާލުކޮށްފިއެވެ.

މިއަދު އަރބަންކޯ ގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައި.ސީ.އެމް.ޕީ.އެލް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޔާޒެވެ. އަދި އަރބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

މި އެއްބަސް ވުމުގެ ދަށުން ހުޅުމާލޭ ފޭސް 2 ލޮޓް ނަންބަރު 20243 ގައި ޤާއިމު ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި ޤާއިމު ކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، މި މިސްކިތް ވެގެންދާނީ 521 މީހުންގެ ޖާގައިގެ މިސްކިތަކަށެވެ.

ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ޤާއިމު ކުރުމުގެ މަސައްކަތުގައި ހިމެނިގެން، މިއަދު ސޮއި ކުރި މިމިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކުރެވި، ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ. އަދި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2 ގައި ހުރެއެވެ.

ހުޅުމާލެ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްޤީ ކުރެވޭ ރަށަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން