އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ކައިރިހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ކޮންޓްރޯލްކޮށްފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:34 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެސަރަހައްދުގައި ވަޅުގަނޑެއް ކޮނެ ފެން ނަގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މިއަދު 13:30 ހާއިރު އަލިފާން ކޮންޓްރޯލްކޮށް، އެ ސަރަހައްދު ވަނީ ވެމްކޯއާއި ހަވާލުކޮށްފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އަލިފާން ރޯވި ކުނިތަކުގެ ތެރެއިން އަދިވެސް ދުންއަަރަމުންދާތީ، ވެމްކޯގެ އެސްކަވޭޓަރެއް ބޭނުންކޮށްގެން ކުނިތަކުގެ މައްޗަށް ވެލިއެޅުމުގެ މަސައްކަތް އެ ކުންފުނިން މިހާރުވެސް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އަލިފާން ކޮންޓްރޯލް ކުރުމަށް ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ކުރަމުންދިޔަ މަސައްކަތަށް، ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ވެމްކޯގެ އިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު