ނ. މަނަދޫގައި މިދިޔަ ހުކުރުދުވަހު މަރުވެފައި އޮއްވާ ފެނުނު ނަޢީމާ މޫސާގެ މަރުގެ ތަޙުޤީޤު ކުރިއަށްދާތީ، އެކަމާއި ގުޅޭ ތަފްސީލް މިވަގުތު ހާމަނުކުރާނެކަމަށް ފުލުހުން ބުނެފިއެވެ.
ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގްކުރަމުންދަނީ ނައީމާ މަރާލިކަމަށް ބަލައިގެންނެވެ. އެގޮތުން ނައިމާގެ މަރުގެ ތަހުޤީޤަށް ފުލުހުންގެ ހާއްސަ ޓީމެއް ދަނީ މަނަދޫގައި ހަރަކާތްތެރިވަމުންނެވެ.
މަރުގެ ތަހުގީޤާއި ގުޅޭގޮތުން ސުވާލުކުރުމުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. އަދި ނައީމާގެ މަރުގެ މައްސަލައިގެ ތަހުޤީޤްކުރިއަށްދާތީ އެކަމާއި ބެހޭ އެެއްވެސް ތަފްސީލެއް ހާމަކުރެވެން ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.
ނ. މަނަދޫގައި، 62 އަހަރުގެ ނަޢީމާ މޫސާ މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ހަބަރެެއް ނުވެގެން ހޯދަމުންދަނިކޮށް މިދިޔަ ހުކުރުދުވަހުގެ އިރުއޮއްސެނިކޮށް އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ކޮޓަރިންނެވެ.
ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތާއި ސާމްޕަލްތައް ނެގުމަށްފަހު ނަޢީމާގެ ހަށިގަނޑު ވަޅުލާފައިވަނީ ހޮނިހިރުދުވަހުގެ ވަގުތެއްގައެވެ.
މި ތަހުގީޤަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަޙުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ނައީމާގެ މަރާއި ގުޅިގެން ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރާ ފޭބުމާއި، އުޅަނދުފަހަރު ރަށަށް ދަތުރުކުރާއިރުވެސް ފުލުހުންގެ ހުއްދަ ހޯދުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު