2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރީ ޤައުމު ތަރައްޤީކުރުމުގެ މަސައްކަތް ކަމަށާއި، އެހެންކަމުން މީހުން ދައްކާ ވާހަކަތަކަށް ރައްދުދޭކަށް އެއްވެސް ވަރަކަށް އިސްކަން ނުދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ގުރައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައިި ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް އެމަނިކުފާނަށް ދެއްވާފައިވާއިރު ކުރިއަށް އޮތްތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށެއްގައި އުޅޭ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން ހަވާލުކުރި ގައުމީ ޒިންމާ، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް އަދާކުރައްވަމުންދާކަމަށެވެ. އެދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސީ ހަލަބޮލިކަމުން ދުރަށްޖެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑާއި ދިމާލަށް އަންނަ ބައެއް ކަންކަމާއި ދޭތެރޭ އަޅުގަނޑު އެއްޗެއް ނުބުނަނީ ކީއްވެތޯ ބައެއް ބޭފުޅުން އައްސަވާ. އަޅުގަނޑުވެސް ހިތަށް އަރާ ބައެއް ފަހަރު ހަމަ ބުނަންވީއޭ. އެހެންނަމަވެސް ރައްޔިތުން އަޅުގަނޑާއި ހަވާލުކުރީ އެކަން ކުރާކަށް ނޫން. ރައްޔިތުން ހަވާލުކުރީ ތަރައްޤީއަށްކުރަންޖެހޭ ކަންކަން ކުރުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ހަަލަބޮލިކަމުގައި ވެރިޔަކަށް ހުންނަ މީހާ ތާށިވެއްޖެނަމަ އެކަމުން އަރައެއް ނުގަނެވޭނެކަމަށާއި، އަަބަދުވެސް އޮންނާނީ އެ ހަލަބޮލިކަމުގެ ތެރޭގައިކަމަށެވެ. އެހެންވީމަ ވެރިޔަކަށް ހުންނަ މީހަކު މަސައްކަތްކުރަންޖެހޭނީ ވީވަރަކުން އެ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ، ރައްޔިތުންނަށް ހިދުމަތްކުރުން މަތީ ދެމިހުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 4 އަހަރު ނިމިގެންދިޔައިރު ވަކިވަކި ކޮންމެ ރަށަކުންވެސް ވެވަޑައިގެންފައިވާ ވައުދުތައް ފުދެމުންދާ މަންޒަރު ފެނިވަޑައިގަންނަވާނެކަމަށެވެ. ގިނަ ރަށްރަށުގައި ވެވަޑައިގެންނެވި ވައުދުގެ 95 އިންސައްތަ ނިމިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިކުރެވުނު މަސައްކަތްތަކާއެކު ދެން ގޮތް ނިންމަވާނީ ރައްޔިތުންކަމަށާއި، އެމަނިކުފާނު ހުންނެވީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަގުން ކުރިއަށްދިއުމަށް ތައްޔާރަށްކަމަށެވެ. އަދި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވެއްޖެނަމަ ފެންނަނީ މިއަށްވުރެ މާ އުޖާލާ ދުވަސްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް @shaaxibrahim ގެ ކެންޕެއިންގައި އެމްޑީޕީގެ އިސްލީޑަރ، ރައީސުލްޖުމްހުރިއްޔާ @ibusolih ކ.ގުރަައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން #VoteShaax 2️⃣✔️
— MDP Secretariat (@MDPSecretariat) April 10, 2023
#Agenda19 pic.twitter.com/ikzA9gCFmc
ރައީސް ވިދާޅުވީ ސިޔާސީ ހަަލަބޮލިކަމުގައި ވެރިޔަކަށް ހުންނަ މީހާ ތާށިވެއްޖެނަމަ އެކަމުން އަރައެއް ނުގަނެވޭނެކަމަށާއި، އަަބަދުވެސް އޮންނާނީ އެ ހަލަބޮލިކަމުގެ ތެރޭގައިކަމަށެވެ. އެހެންވީމަ ވެރިޔަކަށް ހުންނަ މީހަކު މަސައްކަތްކުރަންޖެހޭނީ ވީވަރަކުން އެ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ، ރައްޔިތުންނަށް ހިދުމަތްކުރުން މަތީ ދެމިހުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 4 އަހަރު ނިމިގެންދިޔައިރު ވަކިވަކި ކޮންމެ ރަށަކުންވެސް ވެވަޑައިގެންފައިވާ ވައުދުތައް ފުދެމުންދާ މަންޒަރު ފެނިވަޑައިގަންނަވާނެކަމަށެވެ. ގިނަ ރަށްރަށުގައި ވެވަޑައިގެންނެވި ވައުދުގެ 95 އިންސައްތަ ނިމިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިކުރެވުނު މަސައްކަތްތަކާއެކު ދެން ގޮތް ނިންމަވާނީ ރައްޔިތުންކަމަށާއި، އެމަނިކުފާނު ހުންނެވީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަގުން ކުރިއަށްދިއުމަށް ތައްޔާރަށްކަމަށެވެ. އަދި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވެއްޖެނަމަ ފެންނަނީ މިއަށްވުރެ މާ އުޖާލާ ދުވަސްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު