ގުރައިދޫއިން ހިއްކާފައިވާ ބިމުން ގޯތި ދިނުން ލަސްކުރާނަމަ ޤާނޫނީ އިމުގެ ތެރެއިން އެކަން ހައްލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިނަށް މިއަދު ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސާލިހު ވިދާޅުވީ މީގެކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ވަޑައިގެންނެވުމުންވެސް ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އަދި އެކަންކަން ހައްލުކޮށްދޭން ސަރުކާރުން ކުރި މަސައްކަތުން ގުރައިދޫ ރައްޔިތުން ބޭނުންވިގޮތަށް ބިން ހިއްކުމުގެ އިތުރުން، ޕިކްނިކް އައިލެންޑެއްވެސް ތަރައްޤީކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މިހާރު އެންމެ މުހިއްމުކަމަކީ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ގޯތި ދެވޭނެ ގޮތެއް ހެދުންކަމަށެވެ. ނަމަވެސް ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން އެކަން އަދިވެސް ނުކޮށް އޮތުމުން، ޤާނޫނުގެ ތެރެއިން ކުރެވެން ހުރި މަސައްކަތެއްކޮށްގެން ގޯތި ދިނުމުގެ މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކައުންސިލަށް ވަރަށް އިހުތިރާމާއެކު ދަންނަނަވަން ރައްޔިތުން އެ ބޭނުންވާ ގޮތަށް އެ ތަނުން ގޯތިދޭން. އެކަން ލަސްވަމުންދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ޤާނޫނުގެ ތެރެެއިން، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ސަރުކާރު ހޮވާފައި މިއޮތީ. ގޮތެއް ހޯދާނަން އޭގައި. ރައްޔިތުން ބޭނުންވާ ގޮތަށް އެތަން ބޭނުންކުރުމަށް ކުރެެވެން އޮތް ހުރިހާ ކަމެއް ކުރާނަން. ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުރައިދޫ ރައްޔިތުން ބޭނުންވާ ގޯތި ލިބޭނެ ގޮތް ހަދައިދޭނެކަމަށާއި، އަދި ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެހެން މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ނަރުދަމާގެ މައްސަލަ ހައްލުުރެވިފައިވާކަމަށާއި ރަށުގައި ސިއްހީ ހިދުމަތް ކުރިއެރުވުމުގެ މަޝްރޫޢު ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ކުރާ އިތުބާރު ގުރައިދޫ ދާއިރާއިން ދަނީ ފެންނަމުންކަމަށެވެ. އަދި ކުރިއަށް އޮތް ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް މި ދާއިރާއިން އަޣުލަބިއްޔަތު ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ.

ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް @shaaxibrahim ގެ ކެންޕެއިންގައި އެމްޑީޕީގެ އިސްލީޑަރ، ރައީސުލްޖުމްހުރިއްޔާ @ibusolih ކ.ގުރަައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން #VoteShaax 2️⃣✔️
— MDP Secretariat (@MDPSecretariat) April 10, 2023
#Agenda19 pic.twitter.com/VYs8KKN7Vh
ރައީސް ސާލިހު ވިދާޅުވީ މިހާރު އެންމެ މުހިއްމުކަމަކީ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ގޯތި ދެވޭނެ ގޮތެއް ހެދުންކަމަށެވެ. ނަމަވެސް ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން އެކަން އަދިވެސް ނުކޮށް އޮތުމުން، ޤާނޫނުގެ ތެރެއިން ކުރެވެން ހުރި މަސައްކަތެއްކޮށްގެން ގޯތި ދިނުމުގެ މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކައުންސިލަށް ވަރަށް އިހުތިރާމާއެކު ދަންނަނަވަން ރައްޔިތުން އެ ބޭނުންވާ ގޮތަށް އެ ތަނުން ގޯތިދޭން. އެކަން ލަސްވަމުންދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ޤާނޫނުގެ ތެރެެއިން، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ސަރުކާރު ހޮވާފައި މިއޮތީ. ގޮތެއް ހޯދާނަން އޭގައި. ރައްޔިތުން ބޭނުންވާ ގޮތަށް އެތަން ބޭނުންކުރުމަށް ކުރެެވެން އޮތް ހުރިހާ ކަމެއް ކުރާނަން. ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުރައިދޫ ރައްޔިތުން ބޭނުންވާ ގޯތި ލިބޭނެ ގޮތް ހަދައިދޭނެކަމަށާއި، އަދި ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެހެން މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ނަރުދަމާގެ މައްސަލަ ހައްލުުރެވިފައިވާކަމަށާއި ރަށުގައި ސިއްހީ ހިދުމަތް ކުރިއެރުވުމުގެ މަޝްރޫޢު ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ކުރާ އިތުބާރު ގުރައިދޫ ދާއިރާއިން ދަނީ ފެންނަމުންކަމަށެވެ. އަދި ކުރިއަށް އޮތް ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް މި ދާއިރާއިން އަޣުލަބިއްޔަތު ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު