ތެޔޮ ހުސްވެގެން ކަރަންޓް ކެނޑުނު މައްސަލައިގައި ލ. ގަމު އިންޖީނުގޭގެ މެނޭޖަރަށް ފިޔަވަޅު އަޅައިފިއެވެ.

ރާއްޖޭގައި ހިމެނޭ އެންމެ ބޮޑެތި ރަށްރަށުގެ ތެރެއިން ރަށެއްކަމަށްވާ ލ. ގަން، ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، ގަޑިއެއްހާ އިރަށް ރަށުން ވަނީ ކަރަންޓް ކެނޑިފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ގަމު އިންޖީނުގެއިން ތެޔޮ ހުސްވީ ސްޓޭޝަންގެ އިސްވެރިއާގެ އިހުމާލުން އޭނާ ދޭންޖެހޭ އިރުޝާދު ނުދިނުމުން ކަމަށެވެ. އެހެންކަމުން އިންޖީނުތައް ހުއްޓުނު މައްސަލައިގައި އެ ތަނުގެ މެނޭޖަރު ފާރޫގް ހުސެއިން އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރަށް ރަށުން ތެޔޮ ހުސްވެގެން ކަރަންޓް ކެނޑުމަކީ އާއްމުވާ ކަމެއް ނޫނެވެ. އެެހެންކަމުން ގަމުން ތެޔޮ ހުސްވެގެން މުޅި ރަށުން ކަރަންޓް ކެނޑުމުން ގިނަ ބައެއްގެ ފާޑު ކިޔުން ފެނަކައަށް ވަނީ އަމާޒުވެސް ވެފައެވެ.

ކަރަންޓް ކެނޑުމުން އެ ސަރަހައްދުގައި އެ ވަގުތު އުޅުނު އެފްއެސްއެމްގެ ބޯޓުން ވަގުތުން ތެޔޮ ގަނެ، ގަޑިއެއްހާއިރު ތެރޭގައި ގަމަށް ވަނީ އަލުން ކަރަންޓު ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު