ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފިއެވެ.
ގުޅީ ކައުންސިލް ރައީސް މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭނަށް ރައީސް ސާލިހު މިއަދު އެ ރަށަށް ވަޑައިގެންނެވުނުންނެވެ.
މި ރަސްމިއްޔާތުގައި މޫސަގެ ފޯމާއި ހަވާލުވެ ވަޑައިގަތީ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ.
މޫސަ ގުޅީ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ގުޅި ކައުންސިލް ރައީސް މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ގުޅީގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރާއެކީ އިސްދައުރެއް އަދާކުރައްވާނެކަމަށް ދެކެވަޑައިގެންނަވާކަމަށެެވެ.
ގުޅީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، ރައީސް ސާލިހު މިއަދު އެ ރަށަށް ވަޑައިގެންނެވުމަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކ ގުޅީ ކައުންސިލް ރައީސް މޫސާ ސާފިލް އެމްޑީީޕީއަށް ސޮއި ކުރައްވައިފި pic.twitter.com/cxgnZ4N8Wp
— MDP Secretariat (@MDPSecretariat) April 10, 2023
މޫސަ ގުޅީ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ގުޅި ކައުންސިލް ރައީސް މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ގުޅީގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރާއެކީ އިސްދައުރެއް އަދާކުރައްވާނެކަމަށް ދެކެވަޑައިގެންނަވާކަމަށެެވެ.
ގުޅީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، ރައީސް ސާލިހު މިއަދު އެ ރަށަށް ވަޑައިގެންނެވުމަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު