މަގާމުތަކަށް ވަޑައިގެންނެވުމުން ދައުލަތުގެ 3 ބާރުގެ ވެރިންވެސް އިސްކަންދެއްވަންޖެހޭނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެކެވި ވާހަކަފުޅުގައެވެ.
ރައީސް ސާލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންނަށް ގެނެސްދެއްވަން ވެވަޑައިގެންނެވި ތަރައްޤީގެ ވައުދުތައް ފުއްދައިދިނުމަށްކަމަށެވެ. އަދި މިދިޔަ 4 އަހަރު ތެރޭގައި ރާއްޖެއަށް ގެނެވުނު ބަދަލާއި ކުރިއެރުން ގެނެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ، ގައުމު ތަރައްޤީކުރުމުގެ ވިސްނުމުގައި ކުރިއަށްދިއުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީީ ސަރުކާރުގެ ވެރިންގެ އިތުރުން، ދައުލަތުގެ ދެން ތިބި ބާރުތަކުގެ ވެރިންވެސް މަސައްކަތްކުރައްވާނީ އެ ވިސްނުމުގައިކަމަށެވެ.
"ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ، އަޅުގަނޑުމެންގެ އަމާޒަކަށްވީ ވީ ވައުދުތައް ތަފާތުކުރުމެއް ނެތި ފުއްދައިދިނުމަށް. ގައުމެއްގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ މަސައްކަތަކަށްވާންވާނީ. އެއީ ހަމައެކަނި ސަރުކާރުގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ކުރަންޖެހޭ ކަމެއް ނޫން. 3 ބާރުގެ ވެރިންވެސް އެކަން ކުރަންވާނީ އެގޮތަށް. ސިޔާސީ ހަލަބޮލިކަމުން ދުރުވެ އެ މީހެއްގެ ކުރިމަތީގައި އޮންނަންވާނީ ރައްޔިތުންނަށް ހިދުމަތްކުރުން. އުއްތަމަ ފަނޑިޔާރަށްވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވިޔަސް. ރައީސުލްޖުމްހޫރިއްޔާވިޔަސް." ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މި ދައުރުގެ ކުރިއަށް އޮތްތަނުގައާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްފަހު އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައިވެސް މަސައްކަތްކުރާނީ ތަރައްޤީއަށް އިސްކަން ދެއްވައިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒަށް ވޯޓްދެއްވުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ދާއިރާއަށް ތަރައްޤީއާއި ކުރިއެރުން ބޭނުންވާނަމަ ސަރުކާރާއެކީ މަސައްކަތްކުރާ ކެނޑިޑޭޓަކަށް ވޯޓްދިނުމުގެ މުހިއްމުކަންވެސް ރައީސް ފާހަަގަކުރެއްވިއެވެ.

ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް @shaaxibrahimގެ
— MDP Secretariat (@MDPSecretariat) April 10, 2023
ކެންޕެއިނަށް އެމްޑީޕީގެ އިސްލީޑަރ، ރައީސުލްޖުމްހުރިއްޔާ @ibusolih ކ.ގުޅިއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުން #VoteShaax 2️⃣✔️
#Agenda19 pic.twitter.com/U1flbeMhGJ
ރައީސް ސާލިހު ވިދާޅުވީ މި ދައުރުގެ ކުރިއަށް އޮތްތަނުގައާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްފަހު އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައިވެސް މަސައްކަތްކުރާނީ ތަރައްޤީއަށް އިސްކަން ދެއްވައިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒަށް ވޯޓްދެއްވުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ދާއިރާއަށް ތަރައްޤީއާއި ކުރިއެރުން ބޭނުންވާނަމަ ސަރުކާރާއެކީ މަސައްކަތްކުރާ ކެނޑިޑޭޓަކަށް ވޯޓްދިނުމުގެ މުހިއްމުކަންވެސް ރައީސް ފާހަަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު