އަހުމަދު މަސްނޫމް   10 އޭޕްރީލު 2023 - 18:7
މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުނި ބަހައްޓަން އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަގުތަކާއި ގެތަކުގެ ދޮރުމައްޗަށާއި މަގުތަކުގެ ކަންކަންމަތީ ކުނި ނެރެފައި ބަހައްޓާ މައްސަލަ އިތުރުވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މީހުންނަށް އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ކަންކަމަކީ ކުނި މެނޭޖް ކުރުމުގެ ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. އަދި ކުނި މަގުމަތީ ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ކުނި އުކުމުގެ ހިދުމަތް ދޭ އެއްވެސް މުވައްޒަފެއް ވެސް އެގޮތަށް ކަންތައް ކުރުމަށް އަންގައިގެން ނުވާނެ ކަމަށް އީޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިިވެއެވެ.

އެހެންކަމުން ކުނި މެނޭޖުކުރުމުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްްފައެވެ.



ކިޔުންތެރިންގެ ހިޔާލު