ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކާށި މާދަމާއިން ފެށިގެން ބަހަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއީ ހުރިހާ ދިވެހިންނަށް ހަދިޔާކޮށްފައިވާ ކާށި ކަމަށާއި އެކަމަކު އެންމެ ފުރަތަމަ ފަސް ދުވަހު ކާށި ބަހާނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ. އެހެންކަމުން ކާށި ބަލައި އަންނައިރު ފަގީރުންގެ ލިސްޓުގައި ހިމެނޭކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަން އެދޭ ކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ އަންނަ ބުދަ ދުވަހުން ފެށިގެން، އައިޑީ ކާޑު ހިފައިގެން ދާ ކޮންމެ ދިވެއްސަކަށް ވެސް ކާށި ދޫކުރާނެ ކަމަށެވެ.
ކާށި ބަހާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ކާށި ބެހުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކުރިޔަށް ދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ރޯދަ މަހާ ދިމާކޮށް ކާށީގެ އަގު ވަރަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯއިން ވަނީ ކާށި އިމްޕޯޓްކޮށްފައެވެ.
މަޝްހޫރު ވިޔަފާވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ވަނީ 35000 ކާށި ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު