އަންނަ ހޮނިހިރު ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގުރައިދޫ ދާއިރާގައި ހިމެނޭ ކ.ގުޅިއަށް ވަޑައިގެންފިއެވެ.
މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒްގެ ކެމްޕެއިނަަށް ރައީސް ސާލިހު މިއަދު ހަވީރު ގުޅިއަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން އެ ރަށު ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ރައީސް ސާލިހުއަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުތެވެ.
ގުޅީގައި ބާއްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒްގެ ކެމްޕެއިން ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ހޮނިހިރު ދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓު ޙުސައިން ރިޟާއާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ ކެނޑިޑޭޓް އަލީ އާރިފެވެ.
އެމްޑީޕީގެ އިތުރުން، އެމްއެންޕީއާއި ޕީޕީއެމްއިންވެސް ދަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.، މިއީ މިހާތަނަށް އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވާ ގޮނޑިއަކަށް ނުވާތީ މި ގޮނޑި ހޯދުމަށް އެމްޑީޕީން ކުރާ ކެމްޕެއިން ވަރުގަަދަކަންވެސް ފާހަގަކޮށްލެވެއެވެ.

ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް @shaaxibrahimގެ ކެމްޕޭނަށް @MDPSecretariat ގެ އިސްލީޑަރު ރައީސް @ibusolih ކ.ގުޅިއަށް ވަޑައިގަތުން މުޅި ބަނދަރު ފުރާލާ ކުޑަކުޑަ ގުޅިން ހޫނު މަރުހަބާއެއް ދަންނަވައިފި. 💛⚖️#VoteShaax 2️⃣✔️ #Agenda19 pic.twitter.com/RKD30Zk0xC
— Xiestaxoro🇲🇻 (@Xxiestaxoro) April 10, 2023
ގުޅީގައި ބާއްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒްގެ ކެމްޕެއިން ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ހޮނިހިރު ދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓު ޙުސައިން ރިޟާއާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ ކެނޑިޑޭޓް އަލީ އާރިފެވެ.
އެމްޑީޕީގެ އިތުރުން، އެމްއެންޕީއާއި ޕީޕީއެމްއިންވެސް ދަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.، މިއީ މިހާތަނަށް އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވާ ގޮނޑިއަކަށް ނުވާތީ މި ގޮނޑި ހޯދުމަށް އެމްޑީޕީން ކުރާ ކެމްޕެއިން ވަރުގަަދަކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު