ސިނަމާލޭ ބްރިޖްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ. މިއެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 23:33 ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 47 އަހަރުގެ ފިރިހެނަކާއި، 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނެެއް ކަމަށެވެ.

މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އަނެއް ދެމީހުންނަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު