އަހުމަދު މަސްނޫމް   9 އޭޕްރީލު 2023 - 23:10
ޖުމްްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، ޕާޓީ ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ކުރައްވާ މަސައްކަތްޕުޅަށް، ޕާޓީގެ ލީޑަރު އަދި އެކަމަނާގެ ފިރިކަލުން އޮނަރަބަލް ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ އާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިރޭވެސް ކަނބަލުން ލީގުން އައު މެމްބަރުންތަކެއް ވަނީ ޕާޓީއަށް ހޯދާފައެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.



ގާސިމްގެ ޓްވީޓްގައި ވަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު ނަހުލާއާއި އަންހެނުންގެ ލީގުގެ މެމްބަރުން ކުރައްވާ މަސައްކަތްޕުޅަށްވެސް ތައުރީފްކުރަށްވައި، ޝުކުރު ދަންނަވާފައެވެ.

ގާސިމް ވިދާޅުވީ ޕާޓީގެ ލީޑަރޝިޕާއި އަންހެނުންގެ ލީގާއިއެކު، އެންމެން ގުޅިގެން ޖުމްހޫރީ ޕާޓީއާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައުޤުވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ޕާޓީގެ ކަނބަލުން ކުރައްވަމުން ގެންދަވާކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ގިނަ މެމްބަރުންތަކެއް އަލަށް ގުޅެމުންދާއިރު އޭގެތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުންވެސް ހިމެނިވަޑައިގެންނަވައެވެ. އޭގެތެރޭގައި ކުރީގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު