ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހަވީރު ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ރޯދަ ވީއްލުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހިމް މުހައްމަދު ސާލިޙު ވަޑައިގެންނެވުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނެވެ.



ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ބައިވެރިވެވަޑައިގެންނެވި މި ރޯދަ ވީއްލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދާއި ސިފައިންގެ ސީނިއަރ އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި އެންލިސްޓެޑް ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ ރަމަޟާން މަހެއްގައި ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ސިފައިންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު