އައްޑޫގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދިން ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގައި އައްޑޫގެ ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީ ކުރުމަށް 200 މިލިއަން ޑޮލަރާއި ހަންކެޑެ ތަރައްގީ ކުރުމަށް 145 މިލިއަން ޑޮލަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ފެށިގެން ކުރިއަށްދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމަޝްރޫއުތައް ހުއްޓާލަން ނުވަތަ މަޑުޖައްސާލާ ބޭފުޅަކަަށް އައްޑޫ މީހުން ވޯޓް ނުދޭނެ ކަމަށެވެ.
މީގެ އިތުރުން އައްޑޫގެ ތަރައްގީއަށް ކުރަމުންދާ ބައެެއް މަސައްކަތްތައް ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ހުޅުމީދޫގައި މަސް ޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ގަމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ ތައްޔާރީތައް މިހާރުވަމުންދާއިރު އެމަސައްކަތްތަަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ކުރިއަށް ހުރި ޕްރޮޖެކްޓްތަައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ވެރިއަކީ ރައީސް ސޯލިހް ކަމަށާއި އެކަން އައްޑޫގެ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.
"އައްޑޫގެ ތަރައްގީއަަށް އެންމެ އިސްކަމެއް ދެއްވި ވެރިއަކީ ރައީސް ސޯލިހް، ސިޔާސީ ވާދަވެރިން ދަރަނި ބޮޑުވަނީއޭ ތިކަން ނުކުރާށޭ ގޮވަގޮވައި ތިއްބާ ކޮވިޑް-19 އެންމެ ދަތި ވަގުތުގައި ވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދެވީ ހަމަ ލޯން ނަގައިގެން ރައްޔިތުން ހައްގުގައި." މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

Addu bin hikkumaa,GanAirport aa port tharaggee kurumah $200m aa Hankede tharaggee kurumah $145m ah vuren gina faisaa himeney mashroou thah @ibusolih ge mi verikamuga fashaa kuriyah eba dhey. Mi mashroou thah huttaalaane nuvatha madu jassaale beyfulhakah Addu meehun vote nudheyne
— Ibrahim Shareef (@AdduShareef) April 9, 2023
މީގެ އިތުރުން އައްޑޫގެ ތަރައްގީއަށް ކުރަމުންދާ ބައެެއް މަސައްކަތްތައް ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ހުޅުމީދޫގައި މަސް ޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ގަމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ ތައްޔާރީތައް މިހާރުވަމުންދާއިރު އެމަސައްކަތްތަަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ކުރިއަށް ހުރި ޕްރޮޖެކްޓްތަައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ވެރިއަކީ ރައީސް ސޯލިހް ކަމަށާއި އެކަން އައްޑޫގެ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.
"އައްޑޫގެ ތަރައްގީއަަށް އެންމެ އިސްކަމެއް ދެއްވި ވެރިއަކީ ރައީސް ސޯލިހް، ސިޔާސީ ވާދަވެރިން ދަރަނި ބޮޑުވަނީއޭ ތިކަން ނުކުރާށޭ ގޮވަގޮވައި ތިއްބާ ކޮވިޑް-19 އެންމެ ދަތި ވަގުތުގައި ވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދެވީ ހަމަ ލޯން ނަގައިގެން ރައްޔިތުން ހައްގުގައި." މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު