ސަރުކާރުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ރާއްޖޭގެ ކަނޑާއި ކަނޑުގެ ދިރުންތަކާގުޅޭ ދިރާސާތައް ބައެއް ފަރާތްތަކުން ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރުން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާބެހޭ ގަވާއިދުގެ ދަށުން ހަދާ ދިރާސާތައް ހެދުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އެ ހުއްދަ ނުދެނީސް ބައެއް ފަރާތްތަކުން ދިރާސާގެ މަސައްކަތް ފަށާކަން ފާހަގަކުރެވިފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީޚުގެ މަދުވެގެން 2 މަސްދުވަހުގެ ކުރިން ދިރާސާކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ޞައްޙަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއްކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތައް ފެށުމުގެ ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތަށް ރިސަރޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާޙިލާފަށް ހުއްދަ ނުނަގާ ދިރާސާކުރުން pic.twitter.com/lc2XU7iMVY
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 9, 2023
މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީޚުގެ މަދުވެގެން 2 މަސްދުވަހުގެ ކުރިން ދިރާސާކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ޞައްޙަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއްކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތައް ފެށުމުގެ ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތަށް ރިސަރޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު