ސަފާ ގްރޫޕުން މިރޯދަމަހު އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތަކަށް ވިސާގެ މައްސަލަތަކެއް ދިމާވީ ސައުދީ ކުންފުންޏަކާއި ދިވެހިންގެ ބަޔަކު ދިން ލަނޑެއްގެ ސަބަބުންކަމަށް ސަފާ ގްރޫޕްގެ ވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވެއްޖެއެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި މިދިޔަ ބުރާސްފަތިދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައި ތިބި ފަރާތްތަކަށް އުމްރާއަށް އެ ދުވަހު ފުރޭ ގޮތް ނުވީ އެންމެފަހު ވަގުތު ވިސާ ނުލިބޭކަމަށް ބުނެ ދަަތުރު ކެންސަލްކުރުމުންނެވެ. ސަފާ ގްރޫޕުން އޭރުވެސް ބުނީ ވިސާއަށް އެދުނު ކުންފުނިން އެންމެފަހު ވަގުތު ވިސާ ނުލިބޭނެކަމަށް އެންގީކަމަށެވެ.
އުމްރާއަށް މީހުން ނުފުރުނު މައްސަލައިގައި އިސްލާމިކް މިިނިސްޓްރީންވެސް ވަނީ އެކަން ހިނގި ގޮތް ބަލައި، ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ކުންފުންޏަށް އަންގާފައެވެ. އެއާއެކު އެކުންފުނިން ވަނީ ވިސާ ހަމަޖެއްސުމަށްފަހު، އުމްރާއަށް މީހުން ފޮނުވަން އަންނަ އަންގާރަދުވަހަށް ޗާޓަރު ފްލައިޓެއްވެސް ހަމަޖައްސާފައެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސަފާ ގްރޫޕްގެ ވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ ކޮންމެ މީހެއްގެ ވިސާއަށް 220 ޑޮލަރުގެ ރޭޓުން ދައްކާފައިވަނީ ސައޫދީ އަރަބިއްޔާގެ އުސޫލުލް ބައިތު ނަމަކަށް ކިޔާ ކުންފުންޏަކަށްކަމަށެވެ. އެގޮތުން 6 ލައްކައަށްވުރެ ގިނަ ރުފިޔާ ވިސާއަށް ދައްކާފައިވާކަމަށާއި، އަދި އެކަމާއި ގުޅޭ ލިޔެކިޔުންތައްވެސް އިސްލާމިކް މިނިސްޓްރީއަށްވެސް ދެއްކިކަމަށެވެ.
ނަސީމް ވިދާޅުވީ ވިސާއަށް ހުށަހެެޅި ކުންުފުނިން ތަކުރާރުކޮށް ބުނަމުންދިޔައީ ވިސާ ހަމަޖެހޭނެކަމަށާއި ވިސާ ލިބިފައިވާކަމަށެވެ. އަދި އެކަން ނުވާނަމަ ނުވާނެކަން އެންގުމަށްވެސް ތަކުރާރުކޮށް އެ ކުންފުންޏަށް އެންގުމުންވެސް ވިސާ ނުލިބޭކަމުގެ އެއްވެސް އިޝާރާތެއް ނުދޭކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ވިސާ ނުލިބޭނެކަން އެންގީ ފުރަން އޮތް ދުވަހުގެ ފަތިހުގެ ވަގުތެއްގައިކަމަށެވެ. އަދި 8 ވަރަކަށް ގަޑިއިރު ކުރިން އެންގިނަމަވެސް އެހެން ކުންފުންޏެއް މެދުވެރިކޮށް ވިސާ ހޯދުނީސްކަމަށްވެސް ނަސީމް ވިދާޅުވިއެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި މިއީ ސައުދީ ކުންފުންޏާއި ގުޅިގެން ދިވެހިންގެ ބަޔަކު އެ ގްރޫޕަށް ދިން ލަނޑެކެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލަކަށް ނަސީމް ވަޑައެއް ނުގަންނަވައެވެ.
ނަސީމް ވިދާޅުވީ ސަފާ ގުރޫޕަށް ކިތަންމެ ބޮޑު މާލީ ގެއްލުމަކާއި ކުރިމަތިލާން ޖެހުނަސް، އެ ގްރޫޕަށް ފައިސާ ދެއްކި މީހުން އުމްރާއަށް ގެންގޮސްދޭނެކަމަށެވެ. އެގޮތުން 3.35 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވިސާއާއި ޗާާޓަރު ފްލައިޓެއް ހަމަޖައްސާފައިވާކަމަށާއި، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ރޯދަމަހުގެ 20 ވަނަ ދުވަހު އުމްރާއަށް ފުރޭނެކަމަށެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންނަށް ފުރޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ ރޯދަމަހުގެ 20ގެ ކުރިން ފައިސާ ދެެއްކި މީހުން އުމްރާއަށް ގެންދިއުމަށް އެ ޖަމާއަތަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު