އައްޑޫ ސިޓީން މިދިޔަ ހަފުތާގައި ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިން އާއި ކޮމިއުނިޓީ ސާވޭއިން އިތުރު ބަޔަކަށް ހިމަބިހި ޖެހިފައިވާކަމަށް ނުދައްކާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ, އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ހިމަބިއްސަށް ޕޮޒިޓިވްވި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށާއި ޕޮޒިޓިވްވި މީހާ އާއި އޭނާގެ ކޮންޓެކްޓުންވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައިކަމަށެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ކޭސް ފެނުނު ސަރަހައްދުގައި ދިރިއުޅެ މީހުންގެ ކޮމިއުނިޓީ ސާވޭއެއްވެސް ކުރިއަށް ގެންގޮސްފައެވެ. ސާވޭގައި 16 ގެއަކާއި ފިހާރައަކުން މައުލޫމާތު ސާފުކުރިއިރު، ޖުމްލަ 41 މީހުންގެ މައުލޫމާތު ހޯދިކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެ ސާވޭއިން ވެކްސިން ފުރިހަމަކޮށްފައިވާކަމުގެ ރެކޯޑެއް ނެތް 19 މީހަކަށް މީސްލްސް ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް އޭގެތެރޭގައި ކުޑަކުދިން ނުހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. އަދި ބައެއް މީހުންގެ ފަރާތުން ކެއްސުމާއި, އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމަތްތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހިމަބިއްސަކީ ހަލުވި ކަމާއެކު ފެތުރޭ ބައްޔެއް ކަމަށްވާއިރު, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ.

Measles update:
— Health Protection Agency (@HPA_MV) April 9, 2023
🔸Contact tracing completed
65 contacts identified, with no signs of infection.
(1/3) pic.twitter.com/9FN987K94m
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. އަދި ބައެއް މީހުންގެ ފަރާތުން ކެއްސުމާއި, އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމަތްތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހިމަބިއްސަކީ ހަލުވި ކަމާއެކު ފެތުރޭ ބައްޔެއް ކަމަށްވާއިރު, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު