ނ.މަނަދޫ
ނ.މަނަދޫ
ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލި މައްސަލައިގައި އެ ރަށުގެ އިތުރު ސަރަހައްދެއް ފުލުހުން ބަލައި، ފާސްކޮށްފިއެވެ.

މަނަދޫގައި އެކަނި އުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާ މޫސާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސެނިކޮށެވެ. މިހާތަނަށް އައިއިރުވެސް އޭނާގެ މަރާއި ގުޅޭގޮތުން މާބޮޑު ތަފްސީލްތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.



ނައިމާ މޫސާގެ މަރުގެ ތަހުޤީޤަށް ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފުލުހުންގެ ފޮރެންސިކް ޓީމުން މިއަދު ވަނީ ކުރިން ބަންދުކޮށް ނުކޮށްއޮތް ސަރަހައްދެއް ބަންދުކޮށް، އެ ސަރަހައްދު ބަލައި ފާސްކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލައި ފާސްކޮށްފައިވަނީ ނައިމާ އުޅޭ ގެއާއި ދުރުގައި ހުންނަ ސަރަހައްދެކެވެ. އެ ސަރަަހައްދުގައި ފުލުހުން ކުރިއަށްގެންދިޔަ ތަހުޤީޤް ނިންމާލުމަށްފަހު އެ ސަރަހައްދު ވަނީ ހުޅުވާލާފައެވެ.

ނައިމާގެ މަރާއި ގުޅިގެން މަނަދޫއިން މިހާރު ބަންދުކޮށްފައިވަނީ ނައީމާމެން ގޭގެ ސަރަހައްދު އެކަންޏެވެ.

ނާޢީމާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން އެމަރުގެ ތަޙުޤީޤުކުރިއަށް ގެންދަނީ ހޮމިސައިޑް ނުވަތަ މަރާލާފައިވާ މީހެއްގެ ތަޙުޤީޤުގެ ގޮތުގައެވެ. އަދި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަޙުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތާއި ސާމްޕަލްތައް ނެގުމަށްފަހު ނަޢީމާގެ ހަށިގަނޑު ވަޅުލާފައިވަނީ އިއްޔެގެ ހަވީރުއެވެ.



ކިޔުންތެރިންގެ ހިޔާލު