އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރާ ހއ.ދިއްދޫ ޒުވާނުން އެމްޑީޕީއާ ގުޅެން ފަށައިފިއެވެ.
ދިއްދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ދިއްދޫގައި ވަނީ މިރޭ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީއާ އަލަށް ގުޅުނު ޒުވާނުންގެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ އެރަށަށް މިހާރު ވަޑައިގެން އުޅުއްވާ ހާރިޖީ ވާޒިރު އަބްދުﷲ ޝާހިދެވެ.
ޝާހިދު ވިދާޅުވީ ދިއްދޫއިން އެމްޑީޕީއާ ގުޅުނު ރައީސް ސާލިހަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޒުވާނުންގެ ފޯމްތަކާއި ހަވާލުވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަަށެވެ. އަދި އެންމެން ގުޅިގެންކުރާ މަސައްކަތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ދިއްދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި ރައީސް އޮފީހުގެ މިިނިސްޓަރު އަހުމަދު ސަމީރުވެސް ބައިިވެރިވެވަޑައިގެންނެވިއެވެ.
ހާރިޖީ ވާޒިރު އަބްދުﷲ ޝާހިދު ދިއްދޫއަށް ވަޑައިގެންނެވީ އެ ރަށު މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ފައިނަލް ޝަރަފުވެރި ކޮށްދެއްވުމަށެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ޤުރުއާންގެ ޢިލްމުގެ ރޮނގުން ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކޮށް ކާމިޔާބު ހާސިލްކުރާ ދަރިވަރުން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވާފައެވެ.

Was delighted to accept membership forms for @MDPSecretariat from several young people of H.A. Dhidhdhoo, who support President @Ibusolih.
— Abdulla Shahid (@abdulla_shahid) April 8, 2023
Together, Insha Allah, we will win! #Ibu2023 pic.twitter.com/QvXY63v5Ha
ދިއްދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި ރައީސް އޮފީހުގެ މިިނިސްޓަރު އަހުމަދު ސަމީރުވެސް ބައިިވެރިވެވަޑައިގެންނެވިއެވެ.
ހާރިޖީ ވާޒިރު އަބްދުﷲ ޝާހިދު ދިއްދޫއަށް ވަޑައިގެންނެވީ އެ ރަށު މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ފައިނަލް ޝަރަފުވެރި ކޮށްދެއްވުމަށެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ޤުރުއާންގެ ޢިލްމުގެ ރޮނގުން ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކޮށް ކާމިޔާބު ހާސިލްކުރާ ދަރިވަރުން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު