ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަލާމާތް ނުކޮށް ސަރުކާރު ވަޒީފާތަކުގައި ތިއްބެވި އެމްއާރުއެމްގެ ބޭފުޅުން ވަޒީފާއިން އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ގޮވާލައްވައިފިއެވެ.
ޝަރީފް މިކަމަށް ގޮވާލެއްވީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް ސްލޮޓްތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެެއް ބޭފުޅުން ރައީސް ސޯލިހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ޗެޓްލޮގްތަކެއް އާންމުވުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ސަރުކާރުގައި ތިބެގެން ރައީސް ސޯލިހުގެ ސިޔާސަތުތައް ކަމުނުދާ އެމްއާރުއެމްގެ ބޭފުޅުން ވެސް އެންމެ ފުރަތަމަ ދުވަހު ވެސް އިސްތިއުފާ ދެއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި އެގައުމެއްގެ ސަރުކާރުގެ ސިޔާސަތު ކަމުނުދާ މީހަކު ސިޔާސީ މަގާމެއް އަދައެއް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު ހައިރާންވާ ކަމަކީ ބައެއް ބޭފުޅުންނަށް ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާއިރުވެސް ވަޒީފާގައި ބަގުޑި ބައްދައިގެން ތިއްބަވާތީ. އެމްއާރުއެމްގައި ތިއްބެވި އެފަދަ ބޭފުޅުން ވެސް ވަޒީފާ ދޫކޮށްލެއްވީމަ ނިމުނީ ރައީސް ސޯލިހަށް މަލާމާތް ނުކުރައްވާ." އެމްޑީޕީގެ އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަންގައި ހުންނެވި ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ދައުވަތު ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް މި ސަރުކާރާއެކު އަލުން ކޯލިޝަން ހެދުމާއިމެދު އެޕާޓީން މިހާތަނަށް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ސިޔާސީ މަގާމުތަކުގައި ތިބެ ސަރުކާރާއި ރައީސް ސާލިޙާއި ދެކޮޅަށް މަސައްކަތްކުރާ އެމްޑީޕީގެ ބައެެއް މެމްބަރުން ދާދިފަހުން ވަނީ އެ މަގާމުތަކުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރާނެ ކަމަށެވެ.
"މިސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތަކީ ރައީސްގެ ސިޔާސަތު ތަންފީޒު ކުރުން. އެކަން ނުކުރާނަމަ ވަޒީފާތަކުން ވަކިވާނެ." މިއުވާން ވިދާޅުވިއެވެ.

Sarukaaru ga thibegen @ibusolih ge siyaasathu kamunudhaa MRM ge beyfulhun ves emme furathama dhuvahuves isthiufaa dhinun emme ragalhu gothakee. Dhuniye ge evves thanegga surukaaruge siyaasee maagaamu adhaeh nukuraane e sarukaaru ge siyaasathu kamu nudhaa meehun
— Ibrahim Shareef (@AdduShareef) April 8, 2023
"އަޅުގަނޑު ހައިރާންވާ ކަމަކީ ބައެއް ބޭފުޅުންނަށް ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާއިރުވެސް ވަޒީފާގައި ބަގުޑި ބައްދައިގެން ތިއްބަވާތީ. އެމްއާރުއެމްގައި ތިއްބެވި އެފަދަ ބޭފުޅުން ވެސް ވަޒީފާ ދޫކޮށްލެއްވީމަ ނިމުނީ ރައީސް ސޯލިހަށް މަލާމާތް ނުކުރައްވާ." އެމްޑީޕީގެ އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަންގައި ހުންނެވި ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ދައުވަތު ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް މި ސަރުކާރާއެކު އަލުން ކޯލިޝަން ހެދުމާއިމެދު އެޕާޓީން މިހާތަނަށް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ސިޔާސީ މަގާމުތަކުގައި ތިބެ ސަރުކާރާއި ރައީސް ސާލިޙާއި ދެކޮޅަށް މަސައްކަތްކުރާ އެމްޑީޕީގެ ބައެެއް މެމްބަރުން ދާދިފަހުން ވަނީ އެ މަގާމުތަކުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރާނެ ކަމަށެވެ.
"މިސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތަކީ ރައީސްގެ ސިޔާސަތު ތަންފީޒު ކުރުން. އެކަން ނުކުރާނަމަ ވަޒީފާތަކުން ވަކިވާނެ." މިއުވާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު