ކޮންމެ އަހަރެއްގެވެސް ރޯދަމަހު އަރބަންކޯއިން ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަވީއްލުން އޯޓިޒަމް ސެންޓަރުގެ ކުދިންނަށް މިފަހަރު ހާއްސަކޮށްފިއެވެ.
އަރބަންކޯއިން މިއަދު ވަނީ އެ ކުންފުނީގެ ކޮމިއުނިޓީ ރޯދަވީއްލުން ބާއްވާފައެވެ. ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ހާއްސަކުރި މި ރޯދަވީއްލުން ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ރޯދަ ވީއްލުމުގައި ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނިވެރިން ހިމެނޭހެން 40 މުވައްޒަފުންނަށް ވަނީ ދައުވަތު ދީފައެވެ.
މިއަދު ސެންޓްރަލް ޕާކުގައި ބޭއްވި މި ރޯދަވީއްލުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން އާއްމުންގެ މެދުގައި މަޤްބޫލް "ރޮބޯމޭން"ގެ ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހިނގާ އޭޕްރިލްމަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހަށްވާއިރު މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބާއްވާ ހަރަކާތެއްގެ ގޮތުގައިކަމަށް އެކުންފުނިން ހާމަކުރެއެވެ.
އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ޑިސްއޯޑަރއެކެވެ. ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެކެވެ. އެކި މީހުން މިކަން ތަހަންމަލްކުރާ މިންވަރު ތަފާތުވާތީ އެއަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޮރޑަރވެސް ކިޔައެވެ. މި ޑީސްއޯޑަރގެ ސަބަބުން ސިކުނޑި މަސައްކަތްކުރާ ގޮތުގައި ހުންނަ ތަފާތުކަމެއްގެ ސަބަބުން ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ހީނަރުވެ އެހެނިހެން މީހުނާއި މުޢާމަލާތު ކުރުމުގައި ދަތިތަކެއް ހުރެއެވެ.

This year, we dedicated our #communityiftar to Autism Association of Maldives. It was a fun evening where some special kids got to enjoy with @RobomanMV, while enjoying a tasty meal from @buruzu.
— Urbanco (@hdcmaldives) April 8, 2023
Thank you @maldivesautism for giving us the chance for a fun filled evening. pic.twitter.com/gfkVQc590g
މިއަދު ސެންޓްރަލް ޕާކުގައި ބޭއްވި މި ރޯދަވީއްލުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން އާއްމުންގެ މެދުގައި މަޤްބޫލް "ރޮބޯމޭން"ގެ ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހިނގާ އޭޕްރިލްމަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހަށްވާއިރު މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބާއްވާ ހަރަކާތެއްގެ ގޮތުގައިކަމަށް އެކުންފުނިން ހާމަކުރެއެވެ.
އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ޑިސްއޯޑަރއެކެވެ. ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެކެވެ. އެކި މީހުން މިކަން ތަހަންމަލްކުރާ މިންވަރު ތަފާތުވާތީ އެއަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޮރޑަރވެސް ކިޔައެވެ. މި ޑީސްއޯޑަރގެ ސަބަބުން ސިކުނޑި މަސައްކަތްކުރާ ގޮތުގައި ހުންނަ ތަފާތުކަމެއްގެ ސަބަބުން ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ހީނަރުވެ އެހެނިހެން މީހުނާއި މުޢާމަލާތު ކުރުމުގައި ދަތިތަކެއް ހުރެއެވެ.
ކިޔުންތެރިންގެ ހިޔާލު