މ. މުލީގައި އިރުއޮއްސުމުގެ ކުރިން މީހަކަށް އޮޅިގެން ބަންގި ގޮވިކަމަށާއި ނަމަވެސް އެބަންގިއަށް އެރަށު ބަޔަކު ރޯދަ ވީއްލިކަމެއް އެރަށު ކައުންސިލަށް އެނގިފައިނުވާ ކަމަށް ކައުންސިލުން ބުނެފިއެވެ.
"ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެމުން މ.މުލީ ކައުންސިލް މެމްބަރަކު ވިދާޅުވީ މިއަދު ހަވީރު 05:15 އެހާކަންހާއިރު އެރަށު މިސްކިތެެއްގައި މީހަކަށް އޮޅިގެން ބަންގި ގޮވުނު ކަމަށެވެ. ނަމަވެސް ބަންގި ގޮވުމުން ބަޔަކު ރޯދަ ވީއްލިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުލީ ކައުންސިލް މެމްބަރު ވިދާޅުވީ އޮޅިގެން މީހަކަށް ބަންގި ގޮވުން އެ ކައުންސިލުން މައްސަލަ އަކަށް ނުހަދާ ކަމަށާއި ރޯދަ އަށް ހުންނައިރު އެކަހަލަ ކަމެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޝޯޝަލް މީޑިޔާގެ އަޑުފެތުރިފައިވާގޮތުގައި މުލީގައި އޮޅިގެން ބަންގި ގޮވުމުން ބައެއް މީހުން ވަނީ ރޯދަ ވީއްލާފައެވެ. މީގެ ކުރިން ރޯދަމަހެއްގައި ފ. ނިލަންދޫގައި މިފަދަ ކަމެއް ހިނގާފައިވެއެވެ. އެގޮތުން އިރުއޮއްސުމުގެ ކުރިން މުދިމަށް އޮޅިގެން ބަންގި ގޮވުމުން އެރަށުގެ ބައެއް މީހުން ވަނީ ރޯދަ ވީއްލާފައެވެ. އެ ރޯދަ އަލުން ހިފުމަށް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ އަންގާފައެވެ.
މ. މުއްޔަށް މިއަދު އިރުއޮއްސޭނީ 18:15 ގައެވެ. މުލީ ކައުންސިލް މެމްބަރު ވިދާޅުވީ ރޯދަ ވީއްލާފައިވަނީ ބަންގި ގޮވި މީހާ އެކަނި ކަމަށާއި އިތުރު ބަޔަކު ރޯދަ ވީއްލި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު