އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ގުޅިގެން ކުރައްވާ މަސައްކަތް ކާމިޔާބުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މުހިއްމު މަޝްވަރާތަކެއް އިއްޔެ ބާއްވާފައިވަނިކޮށެވެ.
ގާސިމްގެ ރިސޯޓެއްކަމަށްވާ ވިލާ ޕާކުގައި ބޭއްވި މި މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ބޭފުޅުންނާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކޮންކަމާއި ގުޅޭގޮތުންކަމެއް ހާމަނުކުރިނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެއީ ވަރަށް އުއްމީދީ ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް ހެޔޮގޮތް އެދޭ ލީޑަރުން ރައްޔިތުންނަށާއި ގައުމަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ އަބަދުވެސް ވިސްނާނެކަމަށެވެ. އަދި ގާސިމް އިބްރާހިމާއި ރައީސް ނަޝީދު ކުރައްވަމުންދަނީ އެ މަސައްކަތްކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މަންޒިލް އޮތީ ކުރިއަށްކަމަށާއި، މަސައްކަތް ކާމިޔާބުވާނެކަމަށެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމާއެކު ޖުމްހޫރީ ޕާޓީން މަޝްވަރާތަކެއް ކުރާތާ ދުވަސްތަކެއްވެއްޖެއެވެ. ނަމަވެސް މިހާހިސާބަށް އައިއިރުު ރަސްމީކޮށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބެލުމަށްފަހު ސިޔާސީ ގިނަ މީހުން ބުނަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ވާދަކުރެއްވިނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮންނާނީ ގާސިމް އިބްރާހިމަށްކަމަށެވެ.

Gaumashaa rayyithun nah heyo goiy edhey leaderun abadhuves visnaane rayyithun nashaa gaumah emme rangalhu gothakee kobaathoa. Mifennanee emanzaru @qasimibrahim aai @MohamedNasheed ekeegai masakkathugai. Mazil othee kuriyah. Kaamiyaabu vaane Insha Allah#Q2023 #Hamajehumah pic.twitter.com/CH3QsG3YKc
— Ahmed Saud (@ammadaysaud) April 8, 2023
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމާއެކު ޖުމްހޫރީ ޕާޓީން މަޝްވަރާތަކެއް ކުރާތާ ދުވަސްތަކެއްވެއްޖެއެވެ. ނަމަވެސް މިހާހިސާބަށް އައިއިރުު ރަސްމީކޮށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބެލުމަށްފަހު ސިޔާސީ ގިނަ މީހުން ބުނަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ވާދަކުރެއްވިނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮންނާނީ ގާސިމް އިބްރާހިމަށްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު