ތައުލީމީ ޖީލެއް ރާއްޖޭގައި އުފެއްދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަނަލް ގާސިމް އިބްރާހިމް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގު ވިދާޅުވީ މިއަދު ކިތަންމެ ފުދުންތެރިވެފައި ތިބި ބައެއް ކަމުގައިވީނަމަވެސް އެންމެ ކަންކަން ނުވި ދުވަސްވަރު ރާއްޖޭގައި ތައުލީމީ ޖީލެއް އުފެއްދުމަށް ގިނަގުނަ މަސައްކަތަކެއް ވަނީ ގާސިމް އިބްރާހިމް ހިލޭސާބަހަށާއި ލޯނު އުސޫލުން ކަޮށްދެއްވާފައިވާކަމަށެވެ. އަދި މި ބިނާކުރެވުނު އުފެއްދުންތެރިން ވަނީ ރާއްޖޭގެ މިދެކޭ ޒަމާނީ ތަހުޒީބާ ތަރައްގީގެ ކުލަތައް ޖައްސައިދީފައިކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
ފިރާގު މީގެ ކުރިން ވެސް ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. އެގޮތުން ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.
ފިރާގު މީގެކުރިން ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލައިލުމުން ފެންނަ ފަސާދަޔާ ބޭއިންސާފު ހުއްޓުވޭނީ ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައިކަމަށެވެ.
ފިރާގު ވިދާޅުވީ ނަފުރަތާ ބަދަލު ހިފުމުގެ ސަގާފަތް ނިންމަންޖެހޭކަމަށާއި އެކަމަކުވެސް ރޯމާ ދުވާލު ހިނގާ ކަންކަން ބެލެން ޖެޙޭނެކަމަށެވެ.

މިއަދު ކިތަންމެ ފުދުން ތެރި ވެފައި ތިބި ބައެއް ކަމުގައި ވިނަމަވެސް އެންމެ ކަންކަން ނުވި ދުވަސްވަރު ރާއްޖެއިގާ ތައުލީ މީ ޖީލެއް އުފެއްދުމަށް ގިނަގުނަ މަސައްކަތަކެއް ވަނީ @qasimibrahim ހިލޭސާބަހަށާއި ލޯނު އުސޫލުން ކަޮށްދެއްވާ ފައެވެ. އަދި މި ބިނާ ކުރެވުނު އުފެއްދުން ތެރިން ވަނީ…
— Mohamed Firaq (@mohamedfiraq) April 8, 2023
ފިރާގު މީގެ ކުރިން ވެސް ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. އެގޮތުން ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.
ފިރާގު މީގެކުރިން ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލައިލުމުން ފެންނަ ފަސާދަޔާ ބޭއިންސާފު ހުއްޓުވޭނީ ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައިކަމަށެވެ.
ފިރާގު ވިދާޅުވީ ނަފުރަތާ ބަދަލު ހިފުމުގެ ސަގާފަތް ނިންމަންޖެހޭކަމަށާއި އެކަމަކުވެސް ރޯމާ ދުވާލު ހިނގާ ކަންކަން ބެލެން ޖެޙޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު