މިއަހަރުގެ ފުރަތަމަ 3 މަސް ނިމުނުއިރު ދައުލަތަށް 8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު، ހަރަދުތައް 11 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.4 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ދައުލަތުގެ ހަަރަދުތައް އުޅެނީ 11 ބިލިއަން ރުފިޔާގައެވެ.
ދަޢުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އިން ލިބޭ ޢާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަަތަށް 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކުހުން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޓެކުހުން ލިބޭ އާމްދަނީގެ ތެރެއިން އެންމެ ގިނައިން ލިބިފައިވަނީ ޓީޖީޢެސްޓީއާއި ޖީއެސްޓީންނެވެ. ޓީޖީޢެސްޓީއާއި ޖީއެސްޓީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ. ބީޕީޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 761 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 276 މިލިއަނަް ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި 237 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ އެކި ފީތަކާއި ކުއްޔާއި، ޖޫރިމަނާއާއި އަދި އެނޫންވެސް ޓެކްސްގެ ގޮތުގައި ނުހިމެނޭ އާމްދަނީއެވެ. މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމަށް ދައްކަނީ 16 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ ހަރަދުތަކަށް 11 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެތެރެއިން 7 ބިލިއަން ހަރަދުވެފައިވަނީ ދައުލަތް ހިންގުމަށް ނުވަތަ ރިކަރަންޓް ހަރަދަށެވެ. ކެޕިޓަލް ހަރަދު ނުވަތަ ތަރައްޤީގެ މަސައްކަތްތަކަށް ހަރަދުވެފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ.
ރިކަރަންޓް ހަރަދަށް 7.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެތެރެއިން 4.7 ބިލިއަން ރުފިޔާއަކީ ދައުލަތުގެ އިދާރީ ހިންގުމަށް ހިނގި ހަރަދެވެ. އަދި 2.8 ބިލިއަން ރުފިޔާ ވަނީ މުސާރަ، އިނާޔަތް އަދި ޕެންޝަނަށް ހަރަދުކޮށްފައެވެ.
ކެޕިޓަލަށް ހަރަދަށް 3.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެތެރެއިން 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމުގެ އެކިއެކި މަޝްރޫޢުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު