އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިއުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.
ޖަމީލު މިކަމަށް ގޮވާލެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް ބުނާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ނިންމާފައިވާތީ އެކަމަށް އިޝާރަތްކުރަށްވަމުންނެވެ. އެކަމާ ގުޅިގެން ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ މިސަރުކާރުގެ ޕްރޮސިކުޝަނަކީ ސިޔާސީ މެޝިނެއް ކަމަށެވެ. އަދި މިއަދު ސާބިތު މިވީ މި ސަރުކާރުން ބޭނުންވާ ސިޔާސީ ދަޢުވާތައް ޔާމީނުގެ މައްޗަށް ކުރުން ނޫން ދެވަނަ ކަމެއް މިހާރުގެ ޕީޖީ ނުކުރާކަން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިހާރުން މިހާރަށް ރައީސް ޔާމީނުގެ މައްޗަށްކޮށްފައިވާ ހުރިހާ ދަޢުވާތައް އަނބުރާ ގެންދަން ގޮވާލަން." ޖަމީލު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން މަންފާ ލިބުނު ކަމަށް ބުނާ ލިސްޓުގައި އެތައް ބަޔެެއްގެ ނަން ހިމެނޭއިރު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަކީ ވެސް އެ ލިސްޓުގައި ހިމެނިގެން ދައުވާ އުފުލި މަދު މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އެމައްސަލައިގައި ރައީސް ޔާމިނަށް ކުރަނީ ސިޔާސީ ދައުވާ ތަކެއް ކަމަށާއި ބޭނުމަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުން ކަމަށް އިދިކޮޅު ޕީޕިއެމުން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު