ނ. މަނަދޫގައި އުޅޭ އުމުރުންދުވަސްވީ މީހެއްގެ ހަބަރެއް ނުވެގެން ބެލިިިއިރު އެމީހާގެ ގޭގައިި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަނަދޫގައި އެކަނި އުޅެމުންދާ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން މިއަދު އިރުއޮއްސެނިކޮށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަންހެން މީހާގެ ހަބަރެއް ނުވެގެން ފުލުހުން ގޮސް އެ މީހާ އުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އަންހެން މީހާ އޮތީ ކޮޓަރި ތެރޭގައި މަރުވެފައިކަމަށެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު