ކޮވިޑް-19 އާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑަޝިޕް ކޮލިޓީ މުޅި ދުނިޔެއަށް ފެނިގެންދިޔަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ މިއަހަރުގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑް-19 ގައި ދިވެހިން ދުނިޔެއަށް ދިން މެސެޖް ވަރަށް ސާފު ކަމަށެވެ. އެއީ ކެތްތެރި ކަމާއި ޙިކުމަތްތެރި ކަމާއި ހިތްވަރާއެކު މަޝްވަރާގެ މަތިން ކަން ކުރައްވާ ލީޑަރެއްގެ ފަހަތުގައި ސާބިތުވެ ތިބުމުން ހޯދޭ ކާމިޔާބީގެ މެސެޖު ކަމަށް ނަސީމް ވިދާޅުވިއެވެ.

"ކޮވިޑް-19 އަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ލީޑަރޝިޕްގެ ކޮލިޓީ ރާއްޖެއަށާއި މުޅި ދުނިޔެއަށް ފެނުނު ކަންތައް. ހެލްތު މިނިސްޓަރުގެ ޙައިޘިއްޔަތުން އެމަނިކުފާނަށް ހައްގު ތައުރީފާ ސާބަހާ ޝުކުރު ދަންނަވަން." މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރުގެ ޚިތާބުގައި ވަނީ ކޯވިޑް 19ގެ ބަލިމަޑުކަމުން ރާއްޖެއިން ހޯދި ކާމިޔާބީގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު