ޞަފާ ގްރޫޕުގެ ޢުމްރާވެރިން ރަމަޟާންމަހުގެ ވިހިވަނަ ދުވަހު ޢުމްރާއަށް ފުރުވާލެވޭނެ ކަމަށް އެ ގްރޫޕުން ހާމަކޮށްފިއެވެ.
ސަފާ ގްރޫޕުން ބުނީ ކުރީން ހަމަޖެހިފައިވާ ތާރީޚުގައި ޢުމްރާ ވެރީން ޢުމްރާއަށް ފުރުވާ ނުލެވުނީ ވިސާނުލިބިގެން ކަމަށެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ޞަފާ ގްރޫޕުން ބުނިގޮތުގައި އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ ގްރޫޕުގެ ވިސްނުމެއް ނޫނެވެ. ވިސާގެ ކަންކަމުގައި ސައޫދީން މުޢާމަލާތު ކުރަމުންދިޔަ އޭޖެންސީން ވިސާ ލިބިފައިވާ ކަމަށް އަބަދުވެސް ބުނަމުން ދިޔަކަމަށާއި އެންމެ ފަހުވަގުތާ ޖެހެންދެންވެސް އޭޖޭންސީން އެ ޔަޤީންކަން ދިން ކަމަށާއި ޢުމްރާވެރީންނަށް އެކަން ދުރާލާ ނޭންގުނީ ސައޫދީ އޭޖޭންސީން ވިސާ ލިބިފައިވާކަމުގެ ޔަގީންކަން ދިނުމުން ކަމަށް އެ ގުރޫޕުން ބުންޏެެވެ.
ޞަފާ ގްރޫޕުން ބުނީ ސަޢޫދީގެ އޭޖެންސީއެއް ކަމަށްވާ ޝަރީޢަތުލް މަޝާއިރަށް، ޢުމްރާވެރީންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވައިފައިވާ ކަމަށާއި، ވިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ އޭޖެންސީން ދީފައި ވާ ކަމަށެވެ.
ޢުމްރާ ވެރީންގެ ޓިކެޓްގެ ކަންތައް ހަމަޖެއްސުމަށް ޓުރެވަލް ޓޫ މޯލްޑިވްސް އާ ވާހަކަ ދެއްކިފައިވާ ކަމަށާއި، ރަމަޟާންމަހު ވިހީގައި ޢުމްރާވެރީން ފުރުވާލެވޭނެ ކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުންތަކުގައި މާދަމާ ދޭއް ޖަހާއިރު ސޮއިކުރުން އޮންނާނެ ކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ.
ޞަފާ ގްރޫޕުން ބުނީ އެ ގްރޫޕުގެ ޙަވާލުގައި ތިބި ޢުމްރާވެރީން ޢުމްރާއަށް ފުރުވަނީ ޢުމްރާވެރީންގެ އަތުން އިތުރު އެއްވެސް ޗާޖެއް ނެގުމެއްނެތި ކަމަށެވެ. އަދި ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ގްރޫޕުގެ ޢުމްރާވެރީންނަށް ޢުމްރާގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ސަފާ ގުރޫޕުން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އުމްރާވެރީންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި ލަސް ނުކޮށް ވީހާވެސް އަވަހަކަށް މި ރޯދަ މަހު އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަަށް ވެސް ސަފާއަށް އަންގާފައެވެ.
އަލްސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މި ރޯދަމަހުގެ ޢުމްރާ ދަތުރު ކެންސަލް ކުރުމުން އެޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުން މިރޭ ސަފާ ގްރޫޕްގެ އޮފީސް ދޮށަށް އެއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު