ސައޫދީ އަރަބިއްޔާއަށް ފުރާން ހަމަޖެހިފައި އޮތް ސަފާ ގްރޫޕްގެ އުމްރާވެރިންނަށް މި އަހަރުގެ ރޯދަ މަހު އުމްރާއަށް ނުދެވޭނެކަން އަންގާ ދަތުރު ކެންސަލް ކޮށްފައި ވަނިކޮށް އެ މީހުން މި ރޯދަ މަހު އުމްރާއަށް ގެންދަން އެ ޖަމާއަތަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
ގްރޫޕުގެ އުމްރާ ވެރިންނަށް ސައޫދީން ވިސާ ނުދޭ ކަމަށް ބުނެ އިއްޔެ ނުފުރޭކަން އުމްރާވެރީންނަށް ވަނީ އަންގާފައެވެ.
އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާ ހަމަނުޖެހި ކަނޑައެޅި ތާރީހަށް އުމްރާވެރީން ފުރުވާލެވިފައި ނުވާ ކަމަށް ސަފާ ގުރޫޕުން ބުނާ ކަމަށެވެ. ތިން މަސް ދުވަހަށް އުމްރާ ވިސާ ލިބޭއިރު ދުރާލާ އެކަންކަން ހަމަޖައްސަން ގުރޫޕުން މަސައްކަތް ކޮށްފައި ނުވާ ކަމަަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެއް ކަމަަށާ އެގޮތުން މި ވިސާއަކީ ރާއްޖޭގެ ހައްޖު ކޯރަޕޭޝަނުން ވެސް ފޯރުކޮށްދޭ ހިދުމަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާ ފަދަ މަތިވެރި އަަޅުކަމަކަށް ދިއުމަށް ފައިސާ ދައްކާ ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަށް ފުރޭގޮތް ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަަށެވެ. އަދި އުމްރާވެރީންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި ލަސްނުކޮށް ވީހާވެސް އަވަހަކަށް މި ރޯދަ މަހު އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަަށް ސަފާއަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ސަފާ ޖަމާއަތުން ބުނީ ވިސާގެ މައްސަލަ ހައްލުކޮށް އުމްރާއަށް ދެވޭނެ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ޖަމާއަތަށް ފައިސާ ދައްކާފައި ތިބި މީހުންނަށް މިރޭ ފޮނުވި އެންގުމެއްގައި ބުނީ ވިސާ ނުލިބުމުގެ ސަބަބުން ފުރަން އޮތް ދުވަހު ފުރޭގޮތް ނުވުމުން މިރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މައްކާއަށް ދެވޭނެ ގޮތެއް ވޭތޯ ކުރެވުނު މަސައްކަތުން ކުރިއެރުމެއް ނުލިބުނު ކަމަށެވެ. އެހެން ކަމުން މި އަހަރުގެ ރޯދަ މަހުގެ އުމްރާ ދަތުރު ކެންސަލް ކޮށްފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
ސަފާ ޖަމާއަތުގެ ހަވާލުގައި 181 މީހުން އުމްރާއަށް ފުރަން ވަނީ ތައްޔާރުވެފައެވެ. މީގެ ކޮންމެ މީހަކު އުމުރާގެ އަޅުކަމަށް 37،500ރ. އެ ޖަމާއަތަށް ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު