ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ 5 ވަނަ ޓަވަރުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
މިރޭ 12:45 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީޙަކަށް ގެއްލުމެއް ނުލިބެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ހިޔާ 5 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައިކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ފްލެޓްގެ ބެލްކަނީގައި ހުރި ދޮންނަ މެޝިނެއްގައިކަމަށެވެ. އަދި ފަޔަރމަނުން އެތަނަށް ދިޔައިރުވެސް އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ،
އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރިކަން ހޯދަން ބައެއް މީހުން ވަނީ ޓަވަރުން ނިކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު