ރާއްޖެއަށް ބޮޑު ކާރިސާއެއް ދިމާވުމުން ގައުމުގެ ހާލަތު މެނޭޖްކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމަށާއި ދެންވެސް އެފަދަ ހާލަތެއް އެގޮތަށް މެނޭޖްކުރެވޭނީ އެމަނިކުފާނަށް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
"ރަސްއޮންލައިން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ މި ޒަޢާމަތުގައި ރާއްޖެއަކީ ކޮވިޑު އެންމެ ރަނގަޅަށް މެނޭޖްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. ކޮވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތި އުދަނގޫ ހާލަތުން އެހާ ފަސޭހައިން އަރައިގަނެވުނީ ރައީސް ސޯލިހްގެ ހިންގުންތެރިކަމާއި އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ކުޅަނދާނަ ކަމުން ކަމަށް ޝާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށާއި ކުދި ވިޔަފާރިތައް ހުއްޓުނަ ނުދިނުމަށް ސަރުކާރުން އެތައް މިލިއަން ރުފިޔާގެ ލޯނުދޫކޮށް އެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްދީ ފެނާ ކަރަންޓުން ޑިސްކައުންޓު ދިނުމުގެ އިތުރުން ހާލުގައި ޖެހުނު އެތައް ބަޔަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަަށް ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭނެ މަގު އެއްކޮށް ހުއްޓުނު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދުބާއީއާއި ރާއްޖެއަކީ އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެގައުމު ކަމަށް ޝާހް ވިދާޅުވިއެެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ދުބާއީ އާއި އެއްވަރަށް މި ރާއްޖޭގެ ކޮވިޑުގެ ހާލަތު މެނޭޖްކުރެވުނު، އެހެންވީމަ މިހާ ރަނގަޅަށް މިކަހަލަ ކަމެއް މެނޭޖްކުރީމަ ދެންވެސް އަޅުގަނޑުމެންނަށް މިކަހަލަ މުސީބާތެއް ދިމާވެއްޖެނަމަ މިކަހަލަ ކަމެއް މެނޭޖްކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް އެބައޮތް، އެހެންވީމަ އަޅުގަނޑުމެން ދެވަނަ ދައުރެއް ރައީސަށް ދޭންވީ،" ސަރުކާރުގެ ފެނާ ނަރުދަމާގެ ގިނަ މަޝްރޫޢު ތަކެއް ކާމިޔާބު ކަމާއެކު ހިންގަމުން ގެންދާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހް ވިދާޅުވިއެވެ.

— RasOnline (@rasonlinemv) April 6, 2023

ކިޔުންތެރިންގެ ހިޔާލު