ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއާއެކު ގްރޭޓަރ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.'
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ތަރައްޤީކުރާ ވޭސްޓް ޓްރަންސްފަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ޝައުނާ ވިދާޅުވީ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާ، ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއާއެކު ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އެއީ މިފަހަރު ތަރައްޤީކުރާ ފެސިލިޓީގައި ކަމާއި ގުޅުންހުރި އިދާރާތަކުގެ އޮފީސްތައް ޤާއިމުކޮށް މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށްދާއިރު ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނީޓަރކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ފެސިލިޓީއަކީ ތިލަފުށީގައި ޤާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ އެއްބައި. މިތަން އެއްކޮށް ނިމިގެން އަދި މިތަނުގައި ކުނި ނެގުމަށް ޤާއިމުކޮށްދެވޭ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޕިކަޕާއި އެހެނިހެން ވެހިކަލްތަކާއެކު މިތަން ފުރިހަމަވެގެންދާނީ" މިނިސްޓަރ ވިދާޅުވިއެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއިން ކުނި ތިލަފުއްޓަށް ގެންދާނީ ކޮންޓެއިނަރުތަކުގައި މޫދަށް ކުނި ނޭޅޭނެ ގޮތަށްކަމަށް އެންވަޔަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ އަލަށް ޤާއިމުކުރެވޭ ސެންޓަރާއެކު އެންމެ ބޮޑު ބަދަލެއް ފެންނާނީ ވެމްކޯއިން ކުނި އުފުލުގެ ނިޒާމަށްކަމަށެވެ. އަދި ކުނި ގެންދިޔުމުގައި ކުނި ބޭރަށް އެޅުމުގެ ޝަކުވާ މި ނިޒާމާއެކު ނިމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

Minister Aminath Shauna inspected the new Malé Waste Transfer Station and adjoining admin block today, which is constructed as part of the Greater Malé Environmental Improvement and Waste Management project intended for Greater Malé Area and Zone 3.@ADB_HQ pic.twitter.com/u4pcM4YfPH
— Min. of Environment, Climate Change and Technology (@MoEnvmv) April 5, 2023
"މި ފެސިލިޓީއަކީ ތިލަފުށީގައި ޤާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ އެއްބައި. މިތަން އެއްކޮށް ނިމިގެން އަދި މިތަނުގައި ކުނި ނެގުމަށް ޤާއިމުކޮށްދެވޭ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޕިކަޕާއި އެހެނިހެން ވެހިކަލްތަކާއެކު މިތަން ފުރިހަމަވެގެންދާނީ" މިނިސްޓަރ ވިދާޅުވިއެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއިން ކުނި ތިލަފުއްޓަށް ގެންދާނީ ކޮންޓެއިނަރުތަކުގައި މޫދަށް ކުނި ނޭޅޭނެ ގޮތަށްކަމަށް އެންވަޔަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ އަލަށް ޤާއިމުކުރެވޭ ސެންޓަރާއެކު އެންމެ ބޮޑު ބަދަލެއް ފެންނާނީ ވެމްކޯއިން ކުނި އުފުލުގެ ނިޒާމަށްކަމަށެވެ. އަދި ކުނި ގެންދިޔުމުގައި ކުނި ބޭރަށް އެޅުމުގެ ޝަކުވާ މި ނިޒާމާއެކު ނިމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު