ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ލޯންޗް ފެރީގެ މަސައްކަތް ނިންމައި ހަވާލުކޮށްފިއެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ ފެރީތައް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެންނެވެ.
އެމް.ޓީ.ސީ.ސީން ބުނީ މި ލޯންޗް ފެރީއަކީ އާރްޓީއެލް ފޭސް 1 ގައި ބޭނުން ކުރި ފެރީތައް ފަދައިން ކޮންޑިޝަން ރަނގަޅު ފެރީތަކެއް ކަމަށެވެ.
އަދި މިހާރު ބޭނުން ކުރާ ލޯންޗް ފެރީތަކަށް ވުރެ މިފެރީ ސައިޒުން ބޮޑުވެ ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ހުވަދުއަތޮޅުގައި މިޚިދުމަތް ފެށުމަށް އަންނަ ޖުލައި މަހާ ހަމައަށް 6 ލޯންޗު ނިންމާލެވޭނެ ކަމަށެވެ. އަދި ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށާއި ހުވަދު އަތޮޅާއެކު އައްޑުއާއި ފުވައްމުލަލަށްވެސް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އެހެން އަތޮޅުތަކުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފެށިގެން ދިޔަގޮތަށް ހުވަދު އަތޮޅުގައިވެސް ފެރީގެ ޚިދުމަތް ފަށާ އެންމެ ފުރަތަމަ ދަތުރުތައް ގެންދާނީ ހިލޭ ކަމަށެވެ. މިދަތުރުތައް ހިލޭ ކޮށްދޭ މުއްދަތުގައި، އެރަށެއްގެ ރަށު ކައުންސިލު މެދުވެރިކޮށް ފެރީން ޖާގަ ހޯދޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު