ފުވައްމުލަށް ސިޓީގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފުވައްމުލަށް ސިޓީގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުުމަށް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގަައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ އެވެ.



ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މިސްކިތް އެޅުމަށް އެ ކުންފުންޏާއި ހަވާލުކުރި އަގެއް މިނިސްޓްރީން ހާމައެެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު