ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަރކުރުމާއި ގުޅޭ އެމްއޯޔޫއެއް އެޑިއުކޭޝަން މިނިސްޓްރީން އެމް.ޑަބްލިޔު.އެސް.ސީއާއެކު ޤާއިމްކޮށްފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާޙްއެވެ. އެޑިއުކޭޝަން މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަލީއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓަރސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަރޝިޕަކާއި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަރކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންކަމަށް އެމް.ޑަބްލިޔު.އެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ހިމެނުނު 17 ޕްރިންސިޕަލެއް ތަމްރީން ފުރިހަމަކޮށް މިހާރު ސްކޫލްތަކާއި ވަނީ ގުޅިފައެވެ.

MWSC signs an MOU with @MoEdumv to sponsor training programs for principals at Maldivian schools. 10 Master's Degree level courses and 110 short training programs will be fully sponsored by MWSC to support the Ministry's effort towards establishing professional local principals pic.twitter.com/9OR7w8k55g
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 5, 2023
ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންކަމަށް އެމް.ޑަބްލިޔު.އެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ހިމެނުނު 17 ޕްރިންސިޕަލެއް ތަމްރީން ފުރިހަމަކޮށް މިހާރު ސްކޫލްތަކާއި ވަނީ ގުޅިފައެވެ.
ކިޔުންތެރިންގެ ހިޔާލު