ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދުވެލި ކުރިން އަންދާޒާކޮށްފައިވާ ވަރަށްވުރެ ދަށްވާނެކަމަށް ވޯލްޑް ބެންކުން ބުނާ ސަބަބު ފިނޭންސް މިނިސްޓަރ އަމީރު ސާފުކޮށްދެއްވައިފިއެވެ.
ވޯލްޑް ބެންކުން ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން އެންމެފަހުން އާއްމުކުރި ރިޕޯޓްގައި ވަނީ މިއަހަރު އިޤްތިޞާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކުރާ މިންވަރު ދަށްކޮށްފައެވެ. އެގޮތުން ވޯލްޑް ބެންކުން ކުރިން ލަފާކުރީ 8 އިންސައްތައިގެ ކުރިއެރުމެއް އިޤްތިޞާދަށް އަންނާނެކަމަށެވެ. ނަމަވެސް މިހާރު ވޯލްޑް ބެންކުން ބުނަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނީ 6 އިންސައްތައިންކަމަށެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީ އެކަމުގެ ސަބަބުން ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެންކަމަށެވެ.
އަމީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައިކަމަށެވެ. އަދި މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވޭއިރު، އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށް ވުރެ މަތިވާނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަކަމަށެވެ.
"އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައި." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުުވީ ތަކެތީގެ އަގުތައް އުފުލުމާއި ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ މާލީ ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލް ކޮށްފައިވާނެކަމަށެވެ. އަދި އެ ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވި ދަރަނި ދާނީ ދަށަށްކަމަށާއި މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށްކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ވޯޯލްޑް ބެންކުން ނެރުނު ރިޕޯޓްގައިވާ ގޮތުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދު ވަނީ ކޯވިޑްގެ ކުރިން ހުރި ހިސާބަށް އިއާދަވެފައެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ރާއްޖެއަށް ދެމެހެއްޓޭނެކަމަށްވެސް ރިޕޯޓްގައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކޯވިޑަށްފަހު ވަރަށް ބާރަށް ކުރިއަރަމުން އަންނަކަން ވޯލްޑް ބެންކުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
"ޔޫކްރެއިން ހަނގުރާމަ ކުރިއަށްދިޔަސް ރާއްޖެއަށް ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދަށް ބަދަލެއް ނާދޭ. ޔޫރަޕާއި ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް މަދުނަމަވެސް އިތުރުވަމުން އަންނަ އިންޑިއާއާއި މެދުއިރުމަތީގެ ފަތުރުވެރިންނާއެކު އެ ތަން ވަނީ ފޫބެއްދިފައި" ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ.
ގައުމުގެ އިންފްރާސްޓްރަކްޗަރގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްގެންދާކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ އެކަމުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތްވެސް ފުޅާވެ، އިޤްތިޞާދީ ކުރިއެރުންތައް ރާއްޖެއަށް ލިބެމުންދާކަމަށެވެ. ނަމަވެސް އެކަންކަމަށް ހިނގާ ހަރަދުގެ ސަބަބުން މާލީ ބުރަތަކެއް ދައުލަތަށް އޮތްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.68 މިލިއަން ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެކަމުގެ ސަބަބުން ޓްރޭޑް، ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް ސިނާއަތް ކުރިއެރިކަން ވޯލްޑް ބެންކުން ފާހަގަކުރެއެވެ. އަދި އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުމާއެކު އަހަރުން އަހަރަށް ބަލާއިރު މުޅި އިޤްތިސާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަންވެސް ވޯލްޑް ބެންކުން ފާހަގަކުރެއެވެ.

އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފަ. (6/4) pic.twitter.com/rnylQNf5Z7
— Ibrahim Ameer (@iameeru) April 5, 2023

ކިޔުންތެރިންގެ ހިޔާލު