ގައުމަށް އެންމެ މުހިންމީ ހަމަޖެހުމާއި ދެމެހެއްޓެނެވި ތަރައްގީ ކަމަށާއި ރިޔާސީ އިންތިހާބުގައި ތާއިދު ކުރަށްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޖަޕާނުގެ ޑެޕިއުޓީ އެމްބަސަޑަރުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެެވެ. ޖުމުހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވަން ނިންމަވާފައިވަނިކޮށް ޖަޕާނުގެ ޑެޕިއުޓީ އެމްބަސަޑަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަމީތު ވިދާޅުވީ އިގްތިސާދީ، ސިޔާސީ އެތައް ގޮންޖެހުމެއް ގިރާކުރައްވައި، ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފައި ކަމަށެވެ. އަދި ގައުމަށް މިވަގުތު އެންމެ މުހިންމީ ހަމަޖެހުމާއި ދެމެހެއްޓެނެވި ތަރައްގީ ކަމަށް އަމީތު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގެ ބައެއް ކައުންސިލް މެމްބަރުން ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފަ އެވެ. އޭގެތެރޭގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) އާއި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނިވަޑައިގަންނަވަ އެވެ.

އިގްތިސާދީ, ސިޔާސީ އެތައް ގޮންޖެހުމެއް ގިރާކުރައްވާ, ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ރައީސް ސާލިހުވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފަ.
— Mohamed Ameeth (@MohamedAmeeth) April 5, 2023
ގައުމަށް މިވަގުތު އެންމެ މުހިންމީ ހަޖެހުމާއި ދެހެއްޓެވިނިވި ތަރައްގީ.#Ibu2023 pic.twitter.com/s8rl55b9zW
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގެ ބައެއް ކައުންސިލް މެމްބަރުން ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފަ އެވެ. އޭގެތެރޭގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) އާއި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނިވަޑައިގަންނަވަ އެވެ.
ކިޔުންތެރިންގެ ހިޔާލު