އެމްޑީޕީން ނިކުމެވަޑައިގެން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވާނެ މަންފާއެއް ނެތް ކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ދާދިފަހުން އެމްޑީޕީއަށް ސޮއިކުރެއްވި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ރައީސް ނަޝީދާއި އެއްގަލަކަށް އަރަައިވަޑައިގެން އެޕާޓީ ބައިބައިވުމަށް ފުރުސަތު ނުދިނުމަކީ ރާއްޖެއަށް އެންމެ ހެއު އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެމްޑީޕީން ވަކިވެ ބާކިވެވަޑައިގެން ރައީސް މުޙައްމަދު ނަޝީދަށް ލިިބިވަޑައިގަންނަވާނެ މަންފާއެއް ފެންނަން ނެތްކަމަށް ހަމީދު ވިދާޅުވިއެވެެ. އޭނާ ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި އިދިކޮޅު ޕީޕިއެމްގެ ތެރޭގައި ޖެހުނު މައްސަލަތަކާއި ގުޅިގެން އެޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކުރި ކަމަށެވެ. ރަައީސް މައުމޫން ޕާޓީން ވަކިކުރުމުން އިތުރު ޕާޓީ އެއް އުފެއްދެވި ނަމަވެސް ސިޔާސީ ގޮތުން މާބޮޑު ކާމިޔާބީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިނުގެންނެވި ކަމަށް ހަމީދު ވިދާޅުވިއެވެ.

"ރަައީސް ނަޝީދު އެމްޑީޕީން ނިކުމެވަޑަައިގެން އަމިއްލައަށް ވަކިވެގެން ކުރަށްވާ ސިޔާސީ މަސައްކަތެއްގައި މާ ބޮޑު މަންފާ އެއް ނުކުންނާނެ ކަމަށް މި ދިވެހިރާއްޖޭގެ ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު ނެތް ފެންނާކަށް، މަައުމޫންގެ ވެސް ޕީޕިއެމުން ވަކިކުރި ކިހިނެއްތޯވީ މައުމޫނަށް ކުރެވިއްޖެތޯ މާބޮޑު ސިޔާސީ މަސައްކަތްތަކެއް. އަދި އެއް ނުކުރެވޭ، އަދި ނާދެވޭ އެ ހިސާބަކަށް،" ޖުމުހޫރީ ޕާޓީގެ ޓިކެޓްގަައި މަޖިލީހުގެ އިސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަމީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރަައިމަރީގައި ރައީސް ސާލިޙާ ވާދަކުރަށްވައި ނާކާމިޔާބުވެވަޑަަަައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގައި ވަކި ފެކްޝަނެއް ހިންގަވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު