އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން މަޖިލީހުގެ ކޮމެޓީތަކުން ވަކިކުރުމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން މާދަމާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެެވެ. އެމައްސަލައާއި ގުޅިގެން ފިކުރެއްގެ ދިރުން' ފެކްޝަނަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި އެމައްސަލަ ޕީޖީ ގުރޫޕަށް ހުށައެޅުއްވީ އެމްޑީޕީގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އެެވެ.
ރަސްއޮންލައިން އަށް މިރޭ މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ ފެކްޝަނަށް ފިޔަވަޅު އެޅުމާއި ގުޅޭ ގަރާރެެއް ޕީޖީ ގުރޫޕަށް ހުށައަޅާފައިވާ ކަމަށެވެ. އެމައްސަލައާއި މެދު މަޝްވަރާކުރުމަށް ޕީޖީ ގުރޫޕްގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި، މެމްބަރު މުޣުނީ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި، ކޮމިޓީތަކުގައި ވެސް އެ ރޫހުގައި އެެމެމްބަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނަޝީދު ފެކްޝަންގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެމްބަރުން ކަމަށާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވި ކަމަށް މުޣުނީ ވިދާޅުވިއެވެ.
"ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހައްދަވައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މި މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދެންނެވިން." މުޣުނީގެ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު އެ ފެކްޝަނުން ފާޅުގައި މަޖިލީހުގައި އަންނަނީ ސަރުކާރުގެ ނިންމުންތަކަށް ގޮންޖަހައި މަސައްކަތް ކުރަމުންނެެވެ. އެމެންބަރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ވެސް މިހާރު ބައިވެރިވެވަޑައިނުގަންނަވާއިރު ޕީޖީ ބައްދަލުވުންތައް މިހާރު ބާއްވަނީ ވެސް ވަކިންނެެވެ.

ކިޔުންތެރިންގެ ހިޔާލު