ކުރީގެ ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓަރީ ކުރުން ލަސްވާތީ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފައެެވެ.





އެމައްސަލަ އިސްލާހުކުރަން އެންގުމުން އެކަން އިސްލާހުކޮށް ހައިކޯޓަށް ވަނީ ހުށައަޅާފައެވެެ. އެމައްސަލަ ބަލައިގަތުމާއިމެދު ކޯޓުން ވަކިގޮތެއް ނިންމައިފައިނުވާތީ އެކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ މިހާތަނަށް ރަޖިސްޓަރީ ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ކެންޑިޑޭޓަކީ ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު