ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ދޭ ދައުވަތު ގަބޫލު ނުކުރާނެކަމަށް ޕީޕީއެމާއި އެމްއެންޕީން ބުނެފިއެވެ.
ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކޯލިޝަން ހެދުމުގެ ދައުވަތު 5 ފަރާތަކަށް ދޭން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނިންމާފައެވެ. އެއީ ޕީޕީއެމް، އެމްއެންޕީ، އެމްއާރުއެމް އަދި އަމިއްލަގޮތުން ވާދަކުރުމަށް ނިންމާފައިވާ އުމަރު ނަސީރާއި ޑރ. މުހައްމަދު މުނައްވަރެވެ.
މި ފަރާތްތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު ދޭން ޖުމްހޫރީ ޕާޓީން ނިންމިޔަސް، ރަސްމީކޮށް އެ ދައުވަތު ފޮނުވިކަމެއް ނޭނގެއެވެ.
ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަން ދައުވަތު ދޭ ވާހަކަ ފެތުރުމާއެކު ޕީޕީއެމާއި އެމްއެންޕީގެ ލީޑަރޝިޕުން ވަނީ އެކަމަށް ޖަވާބު ދީފައެވެ.
ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނުގެ ވަގުތީ ލީޑަރަކަށް ހުންނެވި އަބްދުއްރާހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް ޕީއެންސީން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދެއް ނުކުރާނެކަމަށެވެ.
"މިކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން.ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން މިކޯލިޝަނާ ގުޅިވަޑައިގަންނަވާ.އެއީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް." އަދުރޭ ވިދާޅުވިއެވެ.
އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާގޮތަށް އޮތީ ނިންމާފައިކަމަށެވެ. އަދި އެމްއެންޕީ އިސްވެ އޮވެގެން ނޫނީ އެއްވެސް ބަޔަކާއެކު ބައިވެރިވުމެއް ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެމްއެންޕީން 9 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާގޮތަށް އޮތީ ނިންމާފައި، އަދި އެމްއެންޕީ އިސްވެ އޮވެގެން ނޫނީ އެއްވެސް ބަޔަކާ އެކު ބައިވެރިވުމެއްނެތް، 5 މޭ 2023 ގައި އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމްއާއި ޓިކެޓް ހަވާލުކުރުން އޮންނާނެ." ޖޭޕީގެ ދައުވަތަށް ނޫނެކޭ ވިދާޅުވަމުން ޝަރީފް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމެވެ.
މިހާތަނަށް ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީ އެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދެއް ނުކުރާނެ.މިކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން.ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން މިކޯލިޝަނާ ގުޅިވަޑައިގަންނަވާ.އެއީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް #RY2023
— Abdul Raheem Abdulla (@Banafsaa) April 3, 2023
އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާގޮތަށް އޮތީ ނިންމާފައިކަމަށެވެ. އަދި އެމްއެންޕީ އިސްވެ އޮވެގެން ނޫނީ އެއްވެސް ބަޔަކާއެކު ބައިވެރިވުމެއް ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެމްއެންޕީން 9 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާގޮތަށް އޮތީ ނިންމާފައި، އަދި އެމްއެންޕީ އިސްވެ އޮވެގެން ނޫނީ އެއްވެސް ބަޔަކާ އެކު ބައިވެރިވުމެއްނެތް، 5 މޭ 2023 ގައި އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމްއާއި ޓިކެޓް ހަވާލުކުރުން އޮންނާނެ." ޖޭޕީގެ ދައުވަތަށް ނޫނެކޭ ވިދާޅުވަމުން ޝަރީފް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމެވެ.
މިހާތަނަށް ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
ކިޔުންތެރިންގެ ހިޔާލު