ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ކުޅުންތެރިން ހޯދަން ފަށައިފިއެވެ.
ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ނިއުއިން ފަށާފައިވާއިރު އެ ކްލަބާއި މިއަދު ވަނީ 2 ކުޅުންތެރިޔަކު ގުޅިފައެވެ. އެއީ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އާއި އަޔާޒް އަހްމަދު (އަޔާ)އެވެ.
މުލަކޭއަކީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި މާޒިޔާއަށް ކުޅެ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.
ނިއުއާ ގުޅުނު އަޔާޒް އަހްމަދު (އަޔާ)އަކީވެސް ސަސްއާއި ދަ ގްރާންޑޭއަށް ކުޅެދީފައިވާ މޮޅު ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާއަކީ ފުޓްސަލްގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން، ކްލަބާއި ގުޅޭ އެހެން ކުޅުންތެރިންވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރަމުންދާނެކަމަަށް ނިއުރޭޑިއަންޓުން ބުނެއެވެ.
ނިއުކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުއިން ވަނީ ޓީމުގެ ކޯޗަކަށް އަހުމަދު ނިމާދު (ނިމާ) އަދި އެސިސްޓެންޓް ކޯޗަކަށް ކުރިން ނިއުއަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) ހަމަޖައްސާފަޢެވެ.
ނިއުރޭޑިއަންޓުގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާއިރު ނިއުގެ އަމާޒު ހުރީ ދެވަނަ ޑވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް އެރުމާއެކު، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުންކަމަށެވެ. އެފްއޭ ކަޕަކީ ނިއުއިން އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު