ސަރުކާރުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ލުބްނާ ޒާހިރު ހުސައިން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއާ ގުޅިވަޑައިގަތުމަށްފަހު ލުބްނާގެ ފޯމް ހަވާލުކުރަށްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެވެ.



ލުބްނާއަކި ރައީސް މައުމޫނުގެ ދައުރުގައި އެކި ވުޒާރާތަކުގެ މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ގައުމީ ޔުނިވާސިޓީގެ ޗާންސެލާރގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު ޒާހިރު ހުސައިންގެ ދަރިކަނބަލެކެވެ.

ލުބްނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ނެޝަނަލް ޑްރަގް އެޖެންސީގެ ޗެއަރމަންގެ މަގާމާއި ރައްޔިތުންެގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ލުބްނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރަށްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު