އައްޑޫ ސިޓީން ކުޑަކުއްޖަކު ހިމަބިހި ނުވަތަ މީސަލްސަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް ޕޮޒިޓިވްވި ކުއްޖާގެ އިތުރުން، ހިމަބިހި ޖެހުނުކަމަށް ބެލެވޭ އިތުރު ކުޑަކުއްޖަކު އައްޑޫން ދެނެގަނެވި ކޮންފަރމް ކުރުމަށް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މި 2 ކުދިންގެ ގައިންވެސް ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ މި 2 ކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ނަމަވެސް މިއީ ކޮން އުމުރެއްގެ ކުދިންނެއްކަމެއް އަދި މި ކޭސް ފެނުނީ އައްޑޫގެ ކޮން ރަށަކުންކަމެއްް ހާމައެއް ނުކުރެއެވެ.
ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔަކަށް ވުމާއިއެކު ބަލީގެ އެންމެ ކޭސްއެެއް ފެނުނު ނަމަވެސް ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި ވެކްސިން ޖަހަންޖެހޭ ފަރާތްތަކަށް ވެކްސިން ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތަކީ ހުން އައުމާއިއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެއިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ ބައެއް އަލާމާތްތައްވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އަލަމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ހިމަބިހީގެ މިކޭސް އިންވެސްޓިގޭޝަނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު މަޢުލޫމާތު އެނގެމުންދާ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭއިންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު