ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދޭން އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލުމުން އެމަގާމަށް ކުރިމަތިލެއްވީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެެ. ގާސިމަށް ރިޔާސީ ޓިކެޓް އެރުވުމާއި ގުޅޭގޮތުން ޖުމުހޫރީ ޕާޓީން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނުގެ ޝަރުތު ފުރިހަމަވާ ކަމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް ވާން ޝަރުތު ހަމަވާ ކަމަށް ފާސްކޮށް އެމަނިކުފާނަށް ޓިކެޓް އެރުވުމަށް ނިންމާފައިވަނީ ޕާޓީގެ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ޖުމުހޫރީ ޕާޓީގެ ގައުމީ ޖަލްސާއިން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު