މިދިޔަމަހު ރާއްޖެއަށް 173000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާޗުމަހާއި އަޅާބަލާއިރު 15.1 އިންސައްތައިގެ ކުރިއެރުމެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.
އިމިގްރޭޝަނުން މިއަދު ވަނީ މިދިޔަމަހު ރާއްޖެއަށް އެތެރެވެފައިިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 173514 ފަތުރުވެރިންނެވެ. އަދި އެވްރެޖްކޮށް ދުވާލަކު 5597 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހު 7384 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މާޗުމަހުގެ 4 ވަނަ ދުވަހުއެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައިސްފައިވަނީ މާޗުމަހުގެ 29 ވަނަ ދުވަހުއެވެ. އެއީ 4169 ފަތުރުވެރިންނެވެ.
މާޗުމަހު ޒިޔާރަތްކުރި 173514 ފަތުރުވެރިންނާއެކު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 523928 އަށް އަރާފައެވެ.
މިދިޔަމަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާއިން ވަނީ 20313 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އުޅޭ އިންޑިއާއިން 18099 ފަތުރުވެެރިން އައިއިރު، އިނގިރޭސިވިލާތުން އައީ 17261 ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ޖަރުމަންވިލާތް، އިޓަލީ، އެމެރިކާ، ޗައިނާ، ފްރާންސް، ސުވިޓްޒަލެންޑް އަދި ޗެކް ރިޕަަބްލިކްއެވެ.
މިއަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުން ވަނީ 1.9 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ކަނޑައަޅާފައެވެ.

In comparison to the same month last year, tourist arrivals in March 2023 increased by 15.1%.
— Maldives Immigration (@ImmigrationMV) April 3, 2023
Read more: https://t.co/MFfTH8tNPR pic.twitter.com/AUMoxsY87b
މާޗުމަހު ޒިޔާރަތްކުރި 173514 ފަތުރުވެރިންނާއެކު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 523928 އަށް އަރާފައެވެ.
މިދިޔަމަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާއިން ވަނީ 20313 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އުޅޭ އިންޑިއާއިން 18099 ފަތުރުވެެރިން އައިއިރު، އިނގިރޭސިވިލާތުން އައީ 17261 ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ޖަރުމަންވިލާތް، އިޓަލީ، އެމެރިކާ، ޗައިނާ، ފްރާންސް، ސުވިޓްޒަލެންޑް އަދި ޗެކް ރިޕަަބްލިކްއެވެ.
މިއަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުން ވަނީ 1.9 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު